ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ބްލޭކް ލައިވްލީ އޭނާއާއެކު ފިލްމެއްގައި މަސައްކަތްކުރި ޖަސްޓިން ބެލްޑޯނީއަށް ކުރި ޖިންސީ ފުރައްސާރައިގެ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް ކޯޓުން ބޭރު ކޮށްލައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ބްލޭކް ޖަސްޓިންގެ މައްޗަށް އުފުލާފައިވާ 13 ދައުވާގެ ތެރެއިން 10 ދައުވާއެއް ވަނީ ނިއުޔޯކްގެ ކޯޓަކުން ބޭރު ކޮށްލާފަ އެވެ.
އެގޮތުން ކޯޓުން ބޭރުކޮށްލި ދައުވާތަކުގެ ތެރޭގައި ފުރައްސާރައާއި އަބުރުގެ ދައުވާގެ އިތުރުން މަކަރާއި ހީލަތުގެ ދައުވާތަކެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިއާއެކު 2024ން ފެށިގެން ބްލޭކް ކުރިއަށް ގެންދާ ގާނޫނީ ކޯޅުމަށް ހުރަސްތަކެއް ކުރިމަތިވެ އޭނާއަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވީ އެވެ.
އެ ދެތަރިންގެ މެދުގައި އެންމެ ފުރަތަމަ ކޯޅުން ފެށުނީ އެ ދެތަރިން އެކުގައި ފެނުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުގައި ޖަސްޓިން ބްލޭކްއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރި ހިސާބުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ދައުވާތައް ކޯޓުން ބޭރު ކޮށްލަމުން ފަނޑިޔާރު ވިދާޅުވެފައިވަނީ އެ މައްސަލައިގެ ވަގުތު ބްލޭކްއަކީ މިނިވަން ކޮންޓްރެކްޓަރަކަށް ވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
މިއޮތީ ރުޅި މަޑު ކުރަން ޖަޕާނުގެ އުކުޅެއް!
ރާއްޖޭގެ %70 މީހުން ލޮނު ބޭނުންކުރާ މިންވަރު މާ ގިނަ!
ޒޭންގެ އާ އަލްބަމްގައި ނުސްރަތުއަށް ހާއްސަ ލަވައެއް!