ވެކްސް ކުރުމަކީ އިސްތަށި ނައްތާލަން މިހާރު އެންމެ އާންމު އެއް ގޮތެވެ. ވެކްސް ކުރުމުން އިސްތަށި ފެޅުން ލަސްވެ ފަޅާ އިސްތަށި މަދު ވެސްވެ އެވެ.
އިސްތަށި ނައްތާލުމުގެ އެހެން ގޮތްތައް ފަދައިން ވެކްސް ކުރުމުގައި ވެސް ސަމާލުވާން ޖެހޭ ކަންތައް ތަކެއް ހުރެއެ އެވެ. ނޫން ނަމަ އިންފެކްޝަނެއް އުފެދުން ނުވަތަ ސްކިން ރޭޝްއެއް އުފެދުމުގެ ފުރުސަތު ބޮޑެވެ.
ވެކްސް ކުރުމުގެ ކުރިން
ވެކްސް ކުރުމުގެ ކުރިން ލޯޝަން ފަދަތަކެތި ބޭނުން ނުކުރާށެވެ. އަދި ވެކްސްކުރާ ހިސާބު ސާފުކޮށް ބެހެއްޓުން ވަރަށް މުހިންމެވެ. އެޕޮއިންޓްމަންޓްގެ އެއްދުވަސް ކުރިން ހަންގަނޑު ރަގަޅަށް އެކްސްފޯލިއޭޓް ކުރާށެވެ.
މިގޮތަށް ކަންތައް ކުރުމުން، "މަރުވެފައިވާ ހަންތައް" ނައްތާލަ އެވެ. އަދި އަވީގައި ގިނަވަގުތު އުޅުމުގެ ސަބަބުން ހަންގަޑު އަދާފައިވާ ނަމަ ހަންގަނޑު ރަނގަޅުވަންދެން ވެކްސް ނުކުރާށެވެ.
ވެކްސް ކުރުމުގެ ފަހުން
ވެކްސް ކުރުމަށް ފަހު 48 ގަޑިއިރު ވަންދެން ހަންގަޑު ހުންނާނީ ވަރަށް ނާޒުކު ކޮށެވެ. އެހެންވެ ފިނިފެނުން ނުވަތަ ފިނިކޮށްފައިވާ ކިރުން ބޮނޑިތާން ކޮށްލުން ރަނގަޅެވެ.
މިގޮތަށް ކަންތައް ކުރުމުން ރަތްކަން ގޮސް ދިލަނެގުމަށް ލުޔެއް ލިބިގެންދެ އެވެ. އަދި 48 ގަޑިއިރުގެ ފަހުން ހަންގަނޑު އެކްސްފޯލިއޭޓް ކުރުމުން އިސްތަށިތައް އެތެރެއަށް ހެދުމުގެ ފުރުސަތު ކުޑަވާނެ އެވެ.
ހުޅުމާލެ ފޭސް 3ގައި ހުރި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ
އޭޕްރީލް 5 އަދި 6 ވެސް ސަރުކާރު ބަންދު