އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބުރޭ) ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި އެވެ.

އެމްޑީޕީން މިރޭ ކުއްލި ގޮތަކަށް އޭނާ ވަކިކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިބްރާހީމް ވަހީދު ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މިކަމާއި ގުޅިގެންއިބުރޭ ވިދާޅުވީ އެ ގަވާއިދުގެ ދަށުން އެގޮތަށް އޭނާ މަގާމުން ވަކިނުކުރެވޭނެ ކަމަށާއި އެކަން ގަބޫލުނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޕާޓީގެ ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައި މިވަނީ ނިމިދިޔަ އިންތިހާބަށްގފަހު އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލަ ދިމާވެފައިވަނީ އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދެއްވި މައްސަލައިގައި ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިގެންނެވެ.