ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުމެއް އެއް އަހަރުފަހުން އަންނަ ހަފްތާގައި ބާއްވަން ތާވަލްކޮށްފި އެވެ.
ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގެ ޝަރީއަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބޭނުންކޮށްގެން ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށްފަހު އޮތީ ހުއްޓުވައިފަ އެވެ.
އެ މައްސަލަ އޭރު ބައްލަވަމުން ގެންދެވި ބެންޗުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ އެ ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް ކުއްލިއަކަށް ފޮނުވި ސިޓީއަކާ ގުޅުވައިގެންނެވެ. ނަމަވެސް އޭސީސީން މިހާތަނަށް ވެސް އެ މައްސަލައެއް ނުބަލާއިރު, އެ ބޭފުޅުންނާ އެކަމާ ގުޅިގެން ސުވާލެއް ވެސް ނުކުރެ އެވެ.
ނަމަވެސް އޭގެ އެއް އަހަރުފަހުން އަންނަ އަންގާރަ ދުވަހު އެ މައްސަލާގެ އަޑުއެހުމެއް ބާއްވަން ތާވަލްކުރީ އެ ތިން ފަނޑިޔާރުން ވަކިކުރުމަށްފަހު ސަރުކާރުން ބޭނުންވާ ފަނޑިޔާރުންތައް އައްޔަން ކުރުމަށްފަހު އެވެ.
މިހާރު އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ގޮތަށް ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އަދި އޭގެ ތެރެއިން ހަތަރު ފަނޑިޔާރުންނަކީ މި ސަރުކާރުން އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ.
ގަތަރު އެއާވޭސް އަލުން ރާއްޖެއަށް
ފަރަށް އެރި ބޯޓަކުން ގެއްލުނު ދިވެއްސަކު ހޯދަނީ
