ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "ޖަބް ވީ މެޓް"ގެ ދެވަނަ ބައަކަށް އިންތިޒާރު ކޮށްގެން ތިބި މީހުން ވަރަށް ގިނަ އެވެ.
އެފަދަ ފަރާތްތަކަށް އެ ފިލްމުގެ ޑައިރެކްޓަރު އިމްތިއާޒް އަލީ މިވަނީ އެންމެ ފަހުން ވަރަށް ސާފު މެސެޖެއް ދީފަ އެވެ. އެއީ ބެލުންތެރިން އެންމެ ބޭނުންވި މެސެޖަކަށް ނުވެދާނެ އެވެ.
އިމްތިއާޒް ބުނީ ފިލްމެއްގެ ފުރަތަމަ ބައި ކާމިޔާބުވި ނަމަވެސް ދެވަނަ ބައި ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެއްވެސް ވަރަކަށް ނޯންްނާނެ ކަމަށެވެ.
"އަހަރުމެން ލަވް އާޖް ކަލްގެ ވެސް ދެވަނަ ބައެއް ހެދިން. އެކަމަކު އެ ފިލްމެއް އެހާ ވަރަކަށް ނުހިނގި. ބައެއް ފިލްމުތަކާ ރަނގަޅުވާނީ ނުކުޅުނިއްޔާ" އިމްތިއާޒް ބުންޏެވެ.
އެގޮތުން "ޖަބް ވީ މެޓް"ގެ ދެވަނަ ބައެއް ހަދައި އެ ފިލްމަށް އެކަށީގެންވާ ތަރުހީބު ނުލިބިއްޖެނަމަ ފުރަތަމަ ބައިގެ "ލެގަސީ" ގެއްލޭނެ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރު ލީޑު ރޯލުން ފެނިގެންދިޔަ "ޖަބް ވީ މެޓް"އަކީ 2004 ވަނަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމުގެ ގޮތުގައި ފާހަގަވާ ފިލްމެކެވެ.
14 އަހަރަށްފަހު އެރިއާނާގެ ހެއާ ސްޓައިލް ބަދަލު ކޮށްލައިފި
ފިޓްނަސް ޕްލޭންއަށް އޭއައި ބޭނުން ކުރުން: ސަމާލުވާންވީ 5 ކަމެއް!
ރޭގަނޑު ލަހުން ކާނަމަ ބަރުދަން އިތުރު ވޭތަ؟ ޑޮކްޓަރެއްގެ ޖަވާބު!