ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 10:04 ހާއިރު ކުޑަކުދިންގެ ހިޔާގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސްއަށް ލިބުމާއެކު ވިލިމާލެ ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވި ކަމަށެވެ. އަދި އެ ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ 10:15 ހާއިރު ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ އިމާރާތުގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްއިން ގެންދަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ.
ރިވެލި ބީޗު ރެސްޓޯރަންޓު އަތުލުން މަޑުޖައްސާލަން އަމުރުކޮށްފި
އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ވޯޓުލުން ފަށައިފި
ބައިނޭންސް ވައްކަން: ތުހުމަތުތަކަށް އުތުރު ކޮރެއާއިން ރައްދުދީފި