ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ބުނެ ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިއާއެކު އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ޤަބޫލުފުޅުކުރައްވާފަ އެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުންނަކީ:
- މިނިސްޓަ އޮފް ޑިފެންސްގެ މަގާމުން މުހައްމަދު ޣައްސާން މައުމޫން
- މިނިސްޓަ އޮފް ފޮރިން އެފެއާޒްގެ މަގާމުން ޑރ. އަބްދުﷲ ޚަލީލް
- މިނިސްޓަ އޮފް ހެލްތްގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހީމް
- މިނިސްޓަ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމުން ތޯރިގު އިބްރާހީމް
- މިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަގާމުން ޑރ. އައިޝަތު ޝިހާމް
- މިނިސްޓަ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަގާމުން އާދަމް ނަސީރު އިބްރާހީމް
- މިނިސްޓަ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުން ޑރ. މަރިޔަމް މާރިޔާ
- މިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުން އިބްރާހީމް ވަހީދު
- މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްގެ މަގާމުން އާދަމް ޝަރީފު އުމަރު
- މިނިސްޓަ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމުން ޑރ. އަލީ ހައިދަރު އަހުމަދު
މިއަދު އިސްތިއުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސް މުއިއްޒު އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނިމިދިޔަ އިންތިހާބުގައި ލިބުނު ނާކާމިޔާބީއާއެކު ރައީސް ގެންދަވަނީ ސަރުކާރުގެ މަގާމުތަކަށް ބަދަލުގެންނަވަމުންނެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނަށްވެސް ވަނީ އިސްތިއުފާ ދެއްވުމަށް އަންގަވައި، އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ތެރޭގައި ފެނަކަ، މިފްކޯ އަދި އެމްޑަބްލިޔުއެސްސީ، އެމްޕީއެލްގެ އެމްޑީ ހިމެނެ އެވެ.
ނަމަވެސް ރައްޔިތުންނަށް ހެޔޮ ބަދަލުކަމަށް ވިދާޅުވެ ރައީސް ވަނީ ކުރިން ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރެއްވި ހުސެއިން ފަހުމީ އަލުން އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމަށް މިއަދު ހަމަޖައްސާފަ އެވެ.
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ކަމުން އައިޝަތު ޝިހާމް ވަކިކޮށްފި