މި އަހަރު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކުގައި، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއިދުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެ ޕާޓީއަކީ ރާއްޖެއަށް ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ތައާރަފުކޮށް، ޕާޓީތައް ހިންގާނެ ގޮތް ދަސްކޮށްދިން ޕާޓީ ކަމަށެވެ.
ކުރިއަށް އޮތް ދާއިރާތަކުގެ އިންތިހާބާއި އެކި މަގާމުތަކުގެ އިންތިހާބަކީ ޕާޓީގެ މެންބަރުން އެކަތިގަނޑަކަށްވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެގުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަޮލުޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ވާދަކުރައްވާފައެވެ.
އީރާނުން އާ "ސަޕްރައިޒް" ތަކާއެކު ހަނގުރާމައަށް ތައްޔާރު!
ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދަރިވަރަކު މަރުވެއްޖެ
