މިފަހަރު މިގެނެސްދެނީ މި ރަމަޟާން މަހު ތިޔަ ބޭފުޅުންގެ ސުފުރާ އިތުރަށް ފުރިހަމަ ކޮށްދޭނެ ހެދިކާގެ ބާވަތެކެވެ. ހަދާލަން ފަސޭހަ ރަހަމީރު މި ޑިޝްގެ އަޖުމަ ބަލާލުން ކިހިނެއް ވާނެތޯއެވެ.

ބޭނުންވާ ތަކެތި

  • 500 ގ އަލުވި (މަޑުކޮށް ތޮށި ސާފުކޮށްފައި)
  • 2 ޖޯޑު ފާރޮށި ކުނޑި
  • 1 މޭޒުމަތީ ސަމުސާ ޑްރައިޑް ހާބްސް
  • 1 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް
  • 1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް
  • 1 ސައި ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
  • 2 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް
  • 1 މޮޒަރެއްލާ ޗީޒް ބްލޮކް ( 1 އިންޗި ކިއުބް ކޮށް ކޮށާފައި)2 ބިސް
  • ތެޔޮ (ތެއްލުމަށް)

ތައްޔާރުުރާނެ ގޮތް

  1. ބޮޑު ތަށްޓެއްގައި މަޑުކުރި އަލުވި ކޮޅު ގަނޑު ނުހުންނަ ވަރަށް ރަނގަޅަށް ޗިސްކޮށްލާށެވެ. އަދި ޖޯޑު ފާރޮށި ކުނޑިއާއި، ޑްރައިޑް ހާބްސް، މުގުރި އަސޭމިރުސް ޗިލީ ފްލޭކްސް، ޖިންޖަރ ގާލިކް ޕޭސްޓް، ލޮނު އަދި ކޮތަނބިރި ފަތްކޮޅު އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ހުރިހާ އެއޗެއް އެއްވުން 1 އިންޗި ގުޅަ ޖަހާށެވެ.
  2. ކިއުބް ޗީޒްތަކުގެ މައްޗަށް ޑްރައިޑް ހާބްސް، އަސޭމިރުސް އަދި ޗީޒް ފްލޭކްސް އަޅައި ކިއުބްތަކުގައި ރަނގަޅަށް އުނގުޅާށެވެ.
  3. އަލުވި ގުޅަތައް ފަޗާކުރުމަށްފަހު ކޮންމެ ގުޅައެއްގެ ތެރެއަށް ޗީޒް ކިއުބް އެއް ލުމަށްފަހު ބަންދުކުރާށެވެ. ގުޅައަށް ފުށްގަނޑުގައި މަސް ބަންދުކުރާ ގޮތަށެވެ.
  4. ގުޅަތައް ރޯބިހުގައި ފޯކުރުމަށްފަހު ކުނޑި ފާރޮށި ވަށާށެވެ. ކަޓްލަސް ހަދާ ގޮތަށެވެ. ދެތިން ފަހަރު މިގޮތަށް ކޯޓު ލުމުން ރަހަމީރު ވާނެ އެވެ.
  5. ތާހުގައި ތެޔޮ ހޫނުކުރުމަށްފަހު ގުޅަތައް އަޅާ ތެލު ލާށެވެ. ދޭތެރެއަކުން ފުށުން ޖަހަންވާނެ އެވެ. މަޑު ރަންކުލައެއް ގުޅަތަކަށް އެރުމުން ބޭނުންވާ ވަރަށް ތެލު ލެވުނީ އެވެ.

އުނދުން މަތިން ބާލާ ހުހަށް ނުވަތަ ސޯސްއަކާ އެކުވެސް ސުފުރާ މައްޗަށް އިންސާފު ކުރެވިދާނެ އެވެ.