"އެންޒައިޓީ"އަކީ ހަމައެކަނި ސިކުނޑީގައި އުފެދޭ ނުތަނަވަސްކަމެއް ނޫނެވެ. ސިއްހީ މާހިރުންނާއި ސިއްހީ އެޑިއުކޭޓަރުން ބުނާ ގޮތުގައި، އެންޒައިޓީގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖިސްމާނީ ގޮތުން ބޮޑެތި ބަދަލުތަކެއް އާދެ އެވެ.
ގިނަ ފަހަރަށް މިއީ ހަށިގަނޑުގެ އެހެން ބައްޔެއްގެ ސަބަބުން ވާކަމެއް ކަމަށް ހީކުރެވުނު ނަމަވެސް، މީގެ އަސްލަކީ ނަފްސާނީ ދުޅަހެޔޮކަމެވެ. އެންޒައިޓީގެ ސަބަބުން ހަށިގަނޑުން ފެންނަ ބައެއް އާއްމު ނިޝާންތަކުގެ ތެރޭގައި:
މާ ބޮޑަށް ވަރުބަލިވުން
ކިތަންމެ ގިނައިރު ނިދި ނަމަވެސް، އަބަދު ވަރުބަލިވެފައި ހުރުމަކީ އެންޒައިޓީގެ ބޮޑު ނިޝާނެކެވެ. އެންޒައިޓީ ހުންނަ މީހެއްގެ ހަށިގަނޑު އަބަދުވެސް އޮންނަނީ "ފައިޓް އޯ ފްލައިޓް" ހާލަތެއްގަ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ ހަކަތަ ވަރަށް އަވަހަށް ހުސްވެ، އިންތިހާއަށް ވަރުބަލިކަން އިހުސާސްކުރެވެ އެވެ.
ސަބަބެއް ނޭނގި ގައިގައި ރިއްސުން
އެންޒައިޓީގެ ސަބަބުން ހަށިގަނޑުގެ މަސްތައް ހުންނަނީ އަބަދުވެސް ބާރުވެފަ އެވެ. ހާއްސަކޮށް ކޮނޑާއި، ކަރު އަދި ބުރަކަށީގައި ރިއްސުމަކީ މީގެ ސަބަބުން ދިމާވާ ކަމެކެވެ. މިގޮތަށް ގިނައިރު މަސްތައް ބާރުވެފައި ހުރުމުން ބޮލުގައި ރިއްސުމުގެ މައްސަލަވެސް ކުރިމަތިވެ އެވެ.
ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް
ބަނޑުގައި ރިއްސުމާއި، މޭ ނުބައިކުރުމަކީ އެންޒައިޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. ސިކުނޑިއާއި ބަނޑުގެ ނިޒާމަކީ ސީދާ ގުޅުންހުރި ދެ ތަނަށް ވުމުން، ނަފްސާނީ ނުތަނަވަސްކަމުގެ އަސަރު އެންމެ އަވަހަށް ފެންނަނީ ބަނޑުގެ ހިސާބުންނެވެ.
ހިތުގެ ތެޅުން އަވަސްވުން
އެންޒައިޓީގެ ސަބަބުން ކޯޓިސޯލް ފަދަ ސްޓްރެސް ހޯމޯންތައް އިތުރުވުމުން، ހިތުގެ ތެޅުން އަވަސްވެ، ނޭވާލާން އުނދަގޫވުން ފަދަ އިހުސާސްތައް ކުރެވެ އެވެ.
މާހިރުންގެ ލަފާ
މިފަދަ ނިޝާންތައް އާއްމުކޮށް ފެންނަ ނަމަ، އެއީ ހަމައެކަނި ޖިސްމާނީ ބައްޔެއް ކަމަށް ނިންމުމުގެ ބަދަލުގައި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން މުހިއްމެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، ނޭވާލާ ފުން ހަރަކާތްތައް ކުރުމަކީ މިއިން ސަލާމަތްވުމަށް އޮތް މަގެކެވެ.
މެރީލްގެ ފާޑުކިޔުން މާވެލްގެ ފިލްމުތަކަށް!
ބްލޭކްއާއި ޖަސްޓިންގެ ގާނޫނީ ކޯޅުން އެންމެ ފަހުން ނިންމާލައިފި
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި