ކޮލީން ހޫވަާގެ މަޝްހޫރު ފޮތަށް ބިނާކޮށް އުފެއްދި ފިލްމު "އިޓް އެންޑްސް ވިތް އަސް" ރިލީޒްކުރި ދުވަސްވަރުން ފެށިގެން އެ ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީއާ ދެމެދު ނުތަނަވަސްކަން ފެށި ގާނޫނީ މައްސަލައަކަށް ވަނީ ބަދަލުވެފަ އެވެ.
ދާދި ފަހުން އެ މައްސަލާގައި ދެ ތަރިން އެއްބަސްވުމަކަށް އައި ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އަނެއްކާވެސް އެ މައްސަލައިގެ އިތުރު ކަމެއް މިވަނީ ފެންމަތިވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ބްލޭކް މިހާރު ދަނީ ޖަސްޓިން ބަލްޑޯނީގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރަން ތައްޔާރުވަމުންނެވެ.
މި މައްސަލައިގެ ފަހަތުގައިވަނީ ކޮން ކަންތައްތަކެއް؟
މަސައްކަތުގެ މާހައުލުގެ މައްސަލަތައް: ފިލްމު ކުޅެމުންދިޔަ ދުވަސްވަރު ޖަސްޓިންގެ ފަރާތުން ބްލޭކްއަށް ނަފްސާނީ ގޮތުންނާއި އުޅުމުގެ ގޮތުން އުނދަގޫތަކެއް ކުރިމަތިވި ކަމަށް ބްލޭކްގެ ފަރާތުން ތުހުމަތުކުރެ އެވެ. ޚާއްސަކޮށް ބައެއް މަންޒަރުތައް ކުޅުނުއިރު ޖަސްޓިންގެ ފަރާތުން "އަންޕްރޮފެޝަނަލް" އަމަލުތަކެއް ފެނުނު ކަމަށް ބުނެވެ އެވެ.
އެޑިޓް ކުރުމުގެ ޚިޔާލު ތަފާތުވުން: ފިލްމުގެ ފައިނަލް ކަޓް ނުވަތަ އެންމެ ފަހުން ނެރޭނެ ގޮތަކާ މެދު ދެ ތަރިންގެ މެދުގައި ބޮޑު ކޯޅުމެއް ހިނގި ކަމަށްވެއެވެ. ބްލޭކް ވަނީ އޭނާގެ ފިރިމީހާ ރަޔަން ރޭނޮލްޑްސްގެ އެހީތެރިކަމާއެކު ފިލްމުގެ އަމިއްލަ އެޑިޓެއްވެސް ތައްޔާރުކޮށްފަ އެވެ.
ޕްރޮމޯޝަންގެ ތެރޭގައި ފެނުނު ދުރުކަން: ފިލްމު އިޝްތިހާރު ކުރުމަށް ބޭއްވި އެއްވެސް ހަރަކާތަކުން މި ދެ ތަރިން އެކުގައި ފެނިފައެއް ނުވެ އެވެ. މިއީ ފޭނުންނަށް މި މައްސަލަ އެންމެ ފުރަތަމަ ފާހަގަވި ސަބަބެވެ.
ބްލޭކްގެ ދައުވާ
ބްލޭކް ބޭނުންވަނީ މި ފިލްމުގެ މަސައްކަތުގެ ތެރޭގައި އޭނާގެ އަބުރަށާއި، މަސައްކަތަށް ޖަސްޓިންގެ ސަބަބުން ލިބުނު އުނިކަމުގެ ބަދަލު ހޯދުމަށެވެ. އަނެއްކޮޅުން ޖަސްޓިން ވަނީ މި މައްސަލައިގައި ދިފާއުވުމަށް ހޮލީވުޑްގެ އެންމެ ވަރުގަދަ "ކްރައިސިސް މެނޭޖްމަންޓް" ޓީމެއް ހިފާފަ އެވެ.
21 ކިލޯގެ ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށްފި
އެމެރިކާއިން މަސައްކަތް ކުރަނީ އީރާނަށް މަޖުބޫރުކޮށް އަމާންދޭން
ބޭނުންނުކުރާ ނޫޓުން ކްރާފްޓް ހެދުމުގެ މުބާރާތެއް ބާއްވަނީ