ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގައި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު، 2026 މެއި 8 ވާ ހުކުރު ދުވަހުގެ ދަންވަރު 12:09 ހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހަމަލާގައި ޒަހަމްވެފައި ވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކާކުކަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، އެއީ ނާޒިމް ސައްތާރުކަން "ހުރިހާ" އަށް ވަނީ ކަށަވަރުވެފަ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. މި ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ހަމަލާދިން މީހުންނާ ބެހޭ އިތުރު ތަފްސީލެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.
ޓްރަމްޕްގެ ޝަރުތުތައް ފުރިހަމަނުވުމުން އެއްބަސްވުމަކަށް ނާދެވުނު
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ވޭޕް ކުރުމަކީ ވަކި ރަނގަޅު ކަމެއް ނޫން!