ކޮވިޑް-19 ޖެހިގެން ރާއްޖެއިން އއ. ރަަސްދޫއިން މީހަކު މަރުވެއްޖެ އެވެ.
މިއީ ފާއިތުވި 24ގަޑިއިރުގެ ތެރޭގައި ކޮވިޑު ޖެހިގެން މަރުވި ތިން ވަނީ މީހާ އެވެ.
ރަސްދޫއިން މިއަދު މަރުވެފައިވަނީ އެރަށުގައި ޗުއްޓީ ހޭދަކުރަމުން އައި އިންޑިއާ މީހެކެވެ. އޭނާގެ އުމުރަކީ 61 އަހަރެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ރޭ 3:38 ހާއިރު މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ކޮލަމާފުށި އަންހެނެކެވެ.
އޭގެ ފަހުން މިއަދު މެންދުރު ނައިފަރު ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ. އެއީ 83 އަހަރުގެ ފިރިހެނެކެވެ.
މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 77 އަށް އަރައިފަ އެވެ.
މިފެންނަނީ ތަޖުރިބާކާރުންގެ ބަސްނާހާ އަމިއްލަ އެދުމައް ކުރިކަންތަކުގެ ނަތީޖާ