ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައިފި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި ފަރުވާ ދެވޭ ފެންވަރު މަތިކޮށް، ބޭރު ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއާއެކު، ދިވެހިންނަށް ދެން އަމިއްލަ ގައުމުގައި ތިބެގެން މި ޚިދުމަތުގެ ފައިދާ ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ހޮސްޕިޓަލުގެ ޑިޕާޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން މިހާރު ވަނީ އާންމުކޮށް މީހުންނަށް ދިމާވާ ހަތަރު ބައްޔަކަށް ލޭޒާ ކްލިނިކަލް ވަސީލަތްތައް ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އީވީއެލްޓީ: ފައިގެ ލޭނާރުތައް ފުއްޕައި، ދުޅަވެ ގޮށްޖެހޭ ބައްޔަށް ދޭ "އެންޑޯވީނަސް ލޭޒާ ޓްރީޓްމެންޓް"
- ލޭޒާ ހެމޮރޮއިޑޯޕްލާސްޓީ: ގިނަ ބަޔަކަށް ދިމާވާ ފުރަގަސްފަރާތުގެ ބަލި (ޕައިލްސް) އަށް ހާއްސަ ލޭޒާ ފަރުވާ
- ފިލަކް: ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ "އޭނަލް ފިސްޓުލާ" ބައްދާލުމަށް ކުރާ އޮޕަރޭޝަން
- ސިލަކް: ބުރަކަށީގެ ތިރީގައި އުފެދޭ ޕައިލޯނީޑަލް ސައިނަސް ނައްތާލުމަށް ކުރާ ލޭޒާ އޮޕަރޭޝަން
މިހާތަނަށް ރާއްޖޭގައި މި ބަލިތަކަށް ކުރަމުން އައީ ބޮޑެތި އޮޕަރޭޝަންތަކެވެ. ނަމަވެސް އައު ޓެކްނޮލޮޖީގެ ސަބަބުން ސާޖަރީގެ މުޅި ތަޖުރިބާ، ބަލިމީހާއަށް ލުއި ވާނެ އެވެ. ސަބަބަކީ ހަށިގަނޑުން ބޮޑުތަނެއް ކަފާލުމެއް ނެތި، ހަމައެކަނި ލޭޒާ ދޯދި ބޭނުންކޮށްގެން ބަލި ހުންނަ ސަރަހައްދަށް ފަރުވާ ދެވޭނެތީ އެވެ. އަދި އޮޕަރޭޝަނަށްފަހު ވާ ތަދު އިހުނަށްވުރެ އެތައް ގުނައެއް ކުޑަވެ، އަވަހަށް ރަނގަޅުވާނެ އެވެ.
ހިތަދޫ އުތުރު ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރާނެ: ސޯލިހު
ސޯޝަލް މީޑިއާގައި އަަހަންނަކީ ސުމެއްގެ މީހެއް: އާމިރު