ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް، މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމަކަށް އަނެއްކާވެސް އައްޔަންކުރައްވައިފި އެވެ.
ނިމިދިޔަ ހަފުތާގެ ތެރޭގައި ނާޒިމް އައްޔަންކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ނާޒިމަކީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މި ސަރުކާރު ފެށުނުއިރު ރައީސް އޮފީހުގެ އިސް މަގާމެއްގައި ހުންނެވުމަށްފަހު، އޭނާ ހެލްތު މިނިސްޓަރުގެ މަގާމަށް ނާޒިމް އައްޔަންކުރެއްވީ 30 ސެޕްޓެމްބަރު 2024 ގައެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރެފަރަންޑަމްގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ކެބިނެޓަށް ގެނައި ބަދަލުތަކާއެކު، ރައީސް މުއިއްޒުގެ އެންގެވުމަށް އޭޕްރީލް 14 ގައި އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ރައީސް މުއިއްޒު ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަވަންކަމަށް ވިދާޅުވެ އޭޕްރީލް މަހު އިސްތިއުފާ ދެއްވަން އަންގަވައިގެން އިސްތިއުފާ ދެއްވި ކުރީގެ މިނިސްޓަރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ވަނީ ސަރުކާރުން އެހެން މަގާމުތައް ދެއްވާފަ އެވެ. އެގޮތުން، ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ގަތަރުގެ ސަފީރުކަމަށް އައްޔަންކުރަން ނިންމާފައިވާއިރު، ކުރީގެ އެންވައިރޮމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރުކަމަށް އައްޔަންކުރަން ވަނީ ހަމަޖައްސާފަ އެވެ.
މެންބަރުން ހަމަނުވެ 'ދަ ޑިމޮކްރެޓްސް' އުވާލައިފި
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!
އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކުން ފަސޭހަކޮށްފި