ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑް ފިލްމު "ކޮކްޓެއިލް 2" ރިލީޒް ކުރަން ދެ ހަފުތާއަށްވުރެ ކުޑަތަން ވެފައިވާއިރު އެ ފިލްމުގެ ޓްރެއިލާ ދުނިޔޭގެ އެކި ގައުމުތަކުގެ ޗާޓުތަކުގެ ކުރި ހޯދައި ބޮޑު މަގުބޫލުކަމެއް ހޯދަން ފަށައިފި އެވެ.
ޝާހިދު ކަޕޫރު، ރަޝްމިކާ މަންދަންނާ އަދި ކްރިޓީ ސެނަން މުހިންމު ރޯލުތަކުން ފެންނަ މި ރޮމޭންޓިކް ޑްރާމާގެ ޓްރެއިލާއަށް ބައިނަލްއަގުވާމީ ޗާޓުތަކުގައި ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
މި ޓްރެއިލާ ރިލީޒް ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔޫޓިއުބްގެ މޫވީ ޓްރެއިލާ ޗާޓުތަކުގައި ދުނިޔޭގެ 8 ގައުމެއްގެ އެއްވަނަ ވަނީ ހޯދާފަ އެވެ.
އޭގެ ތެރޭގައި އިންޑިއާ، އިނގިރޭސިވިލާތް ، ކެނެޑާ، ޔޫއޭއީ، ސައުދީ އަރަބިއްޔާ، އޮމާން، ގަތަރު، ބަހުރޭން އަދި ކުވެއިތު ހިމެނެ އެވެ. ހާއްސަކޮށް ގަލްފް ސަރަހައްދުގެ ގައުމުތަކުގައި މި ފިލްމަށް އޮތް އިންތިޒާރު ބޮޑުކަން މި ކާމިޔާބީން ހާމަވެ އެވެ.
މީގެ އިތުރުން، އެމެރިކާގެ މޫވީ ޓްރެއިލާ ޗާޓުތަކުގެ ގަދަ 10 އެއްގެ ތެރެއިން ޖާގަ ހޯދައި ހޮލީވުޑްގެ ބޮޑެތި ފިލްމުތަކާ ވާދަކޮށް މި ޓްރެއިލާ ވަނީ ހަވަނަ ހާސިލްކޮށްފަ އެވެ. މިއީ ހިންދީ ފިލްމެއްގެ ޓްރެއިލާއަކަށް ބައިނަލްއަގުވާމީ މާކެޓުގައި މި ފަހަކަށް އައިސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.
މި ފިލްމުގެ މައިގަނޑު ތަރިން ކަމަށްވާ ޝާހިދު، ރަޝްމިކާ އަދި ކްރިޓީގެ ތާޒާ ޖޯޑާއި، އެމީހުންގެ ދެމެދުގައި އޮތް ކެމިސްޓްރީއަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. ހޯމީ އަދާޖާނިއާ ޑައިރެކްޓްކުރާ މި ފިލްމުން ފެނިގެންދާނީ ޒަމާނީ ލޯބީގެ ގުޅުންތަކާއި މަޖާ އަދި އަސަރުގަދަ ޖަޒުބާތީ ހާދިސާ ތަކެކެވެ.
ލަވް ރަންޖަން އަދި ތަރުން ޖެއިންގެ ސްކްރީންޕްލޭއަކަށް ތައްޔާރު ކޮށްފައިވާ "ކޮކްޓެއިލް 2" އަކީ މަޑޮކް ފިލްމްސް އާއި ލަވް ފިލްމްސް ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ޖޫން 19ގަ އެވެ.
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އާރިފް ހަމަޖައްސައިފި
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ޓޭލާއާއި ޓްރެވިސް ކައިވެނި ކުރަން ތައްޔާރު ވަނީ؟