ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓް އާއި އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީގެ ކައިވެނީގެ ހަފުލާއަކީ ހަމައެކަނި ލޯބީގެ އުފާވެރި ހަފްލާއެއް ނޫނެވެ.
މެޑިސަން ސްކޮއާ ގާޑަންގައި ބޭއްވި މި ކައިވެންޏަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ތަރިންގެ މޮޑަން އަދި އަގުބޮޑު ފެޝަންތައް ފެނިގެންދިޔަ ރަނގަޅު ރަންވޭ އެކެވެ. ހޮލީވުޑްގެ އޭ-ލިސްޓް ތަރިން މި ހަފުލާއަށް ހާޒިރުވީ ވަރަށް ފުރިހަމަ ހެދުންތަކެއްގަ އެވެ.
ސެލީނާ ގޯމޭޒް
ޓޭލާގެ އެންމެ ގާތް އެކުވެރިޔާ ހަފުލާއިން ފެނުނީ "އޯލްޑް-ހޮލީވުޑް ގްލޭމާ" ސްޓައިލްގައެވެ. އޭނާ ލައިގެން ހުރީ އޮސްކާ ޑި ލާ ރެންޓާ ބްރޭންޑްގެ ޝެމްޕޭން-ގޯލްޑް ކުލައިގެ، ޖަވާހިރުން ޖަރީކޮށްފައިވާ ހިތްގައިމު ހެދުމެކެވެ. މިއާއެކު އަލިމަހުގެ ބޮޑު އެލުވާ ބާރީއެއް ވެސް ބޭނުން ކޮށްފައިވެ އެވެ.
ޖިޖީ ހަދީދް
ސުޕާމޮޑެލް ޖިޖީ ފެނިގެންދިޔައީ "ބާބީކޯ" ސްޓައިލްގެ ވިދުންގަދަ ފިޔާތޮށި ކުލައިގެ ހެދުމެއްގަ އެވެ. ވީޑަހޯފްޓް ބްރޭންޑްގެ މި ބޮޑީކޯން ހެދުމަކީ ގާތްގަނޑަކަށް 15,000 ޑޮލަރުގެ އަގުބޮޑު ހެދުމެކެވެ.
ޖެނިފާ ލޮޕޭޒް
ފެޝަން އައިކަން ޖޭލޯ ވަނީ ކްލާސިކް އަދި ޑްރެމެޓިކް ކޮމްބިނޭޝަނެއް ދައްކާލާފަ އެވެ. އޭނާ ލައިގެން ހުރީ ބާކް މާއި ބްރޭންޑްގެ ކަޅު ކުލައިގެ ވެލްވެޓް ހެދުމެކެވެ. މީގެ ބޮޑީއާއެކު ބޭނުންކުރި އަލިމަހުގެ ގަހަނާތަކުން ހެދުމުގެ ފުރިހަމަކަން އިތުރު ކޮށްދިނެވެ.
ކެމީލާ ކަބެއްލޯ
ކެމީލާ އިޚްތިޔާރުކުރީ ޓޭލާގެ "ރެޑް" އެރާއާ ގުޅޭ ރަތް ކުލައިގެ ހެދުމެކެވެ. ޒިމާމަންބްރޭންޑްގެ މި ލޭސް ހެދުމާއެކު އޭނާ ވަނީ 90 ގެ އަހަރުތައް ހަނދާން ކޮށްދޭ ކަޅު ވެލްވެޓް ޗޯކާއެއް ކަރުގައި އަޅާފަ އެވެ.
ކާލީ ކްލޮސް
ސުޕާމޮޑެލް ކާލީ ފެނުނީ "ލިކުއިޑް ގޯލްޑް" ލުކެއްގަ އެވެ. ޓޯވްރޭންޑްގެ ރަންކުލައިގެ ހެދުމަކާއެކު ތުންފަތުގައި ޖައްސާފައި ހުރި ގަދަ ރަތް ކުލައިގެ ލިޕްސްޓިކްގެ ސަބަބުން އޭނާގެ ރީތިކަން ވަރަށް ބޮޑަށް ފާހަގަވި އެވެ.
އެޑް ޝީރަން
މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ކްލާސިކް ނޫކުލައިގެ ސޫޓެއްގައި ހުރިއިރު، އޭނާގެ އަންހެނުން ޗެރީ ސީބޯން ހުރީ ރީނދޫ ކުލައިގެ ހެދުމެއްގަ އެވެ.
މި ހަފުލާއިން ފެނުނު ފެޝަންތަކުން އެނގިގެން ދިޔައީ ކްލާސިކް ބްލެކް-ޓައި ސްޓައިލްތަކުގެ އިތުރުން، މި ޒަމާނުގެ ވިދުންގަދަ މެޓަލިކް އަދި ކުލަގަދަ ފެޝަންތަކަށް ތަރިން ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެވެ.
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"
ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި