މާލެ ސަރަހައްދުން ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 9:16 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގުމާއެކު، "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗު ވަނީ އިއްޒުއްދީން ފާލަމަށް ކައިރިކޮށްފަ އެވެ.
މި ނުރައްކާތެރި ހާދިސާގައި ޖުމުލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. މި އެންމެންނަށްވެސް އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ. މި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ ކަނޑުމަތިން ދެ އުޅަނދެއް ޖެހިގެންނެވެ. ނަމަވެސް، އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު، ހާދިސާ ހިނގި ސަރަހައްދުގައި މަޑުނުކޮށް ވަނީ ފިލައިގެން ގޮސްފަ އެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، ފިލައިގެން ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
އޮންލައިން ވަގުތު ގިނަވުމުން ސްޓްރެސް ބޮޑުވަނީ ކީއްވެ؟
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން
