ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިއަދު ސްވިޓްޒަލޭންޑް އަތުން 3-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި އެވެ.
އާޖެންޓީނާއިން މެޗުގެ 10 ވަނަ މިނިޓުގައި ލީޑު ނެގީ ލިއޮނެލް މެސީ ހުރަސްކޮށްލި ބޯޅައަކުން އެލެކްސިސް މެކަލިސްޓާ ޖެހި ލަނޑުންނެވެ.
އެކަމަކު މެޗުގެ 67 ވަނަ މިނިޓުގައި ސްވިޓްޒަލޭންޑްގެ ޑޭން އެންޑޯއީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ދެވަނަ ހާފުގައި ސްވިޓްޒަލޭންޑުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެ ޓީމަށް މައްސަލަތައް ކުރިމަތިވީ 72 ވަަނަ މިނިޓުގައި އެ ޓީމުގެ މުހިންމު ފޯވަޑް ބްރީލް އެމްބޯލޯއަށް ރަތްކާޑު ދެއްކުމުންނެވެ. ދިހަ މީހުންނާއެކު ކުޅެންޖެހުމުން ސްވިޓްޒަލޭންޑަށް މަޖުބޫރުވީ ޑިފެންސަށް އިސްކަން ދީގެން، ނަތީޖާ ހިފެހެއްޓުމަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އާޖެންޓީނާއަށް ސްވިޓްޒަލޭންޑްގެ ޑިފެންސް ފޫއަލުވާލެވޭ ގޮތެއް ނުވި އެވެ. އެހެންވެ، މެޗު ގެ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެންޖެހުނެވެ.
މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާ އަށް ލީޑު ހޯދައިދިނީ ފޯވަޑް ހޫލިއަން އަަލްވަރޭޒެވެ. އަދި އެ ޓީމުގެ ފޯވަޑް ލައުޓަރޯ މާޓިނޭޒް ވަނީ އިތުރު ލަނޑެއް ޖަހައި، އާޖެންޓީނާއަށް މޮޅެއް ކަށަވަރުކޮށްދީފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ އިންގްލެންޑެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބު: ސްކޫލްގެ ތަކެއްޗަށް ގެއްލުންދީފި
ޓައިފޫން ބާވީ ޖަޕާނުގެ ދެކުނުގެ ސަރަަހައްދުތަކަށް އަރައިފި
ލަނޑު ޖެހުމަށްވުރެ ބޮޑަށް ޔަމާލަށް މުހިންމީ ޓީމު މޮޅުވުން