ގައިދީން ބަދަލުކުރާ އެއްބަސްވުމެއްގައި ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ސޮއިކުރަން ތައްޔާރުވަމުން އަންނަ ކަމަށް، އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ބަންގްލަދޭޝްގެ މަޝްހޫރު ނޫހެއް ކަމަށްވާ 'ދާކާ ޓްރިބިއުން' އިން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ އިދާރީ އަދި ގާނޫނީ މަރުހަލާތަކުގެ މަސައްކަތްތައް ދެ ގައުމުގެ ދެމެދުގައި މިހާރު ދަނީ ހިނގަމުންނެވެ. މި މަސައްކަތްތައް ނިމި އެއްބަސްވުން ހަގީގަތަކަށް ވުމުން، ރާއްޖޭގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންނަށް އެމީހުންގެ ހުކުމުގެ ބާކީ އޮތް ބައި އަމިއްލަ ގައުމުގައި ތަންފީޒުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާނޫނީ އަދި އިންސާނިއްޔަތުކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބަންގްލަދޭޝްގެ ހައިކޮމިޝަނާ ހަވާލާދީ އެ ނޫހުން ފާހަގަކުރެ އެވެ. އެ ގައުމުގެ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ރާއްޖޭގައި ބަންގްލަދޭޝްގެ 44 މީހަކު ބަންދުގައި އެބަތިއްބެވެ. މީގެ ތެރެއިން 10 މީހަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ކަމަށް ވާއިރު، ބާކީ ތިބި ގައިދީން އަންނަނީ އެކި މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމްތައް ތަންފީޒުކުރަމުންނެވެ.
މި މަރުހަލާގެ ތެރެއިން ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމާއި ހައިކޮމިޝަންގެ ހާއްސަ ވަފުދެއް ވަނީ ދާދިފަހުން ކ. މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބި އެ ގައުމުގެ ގައިދީންނާ ވަކިވަކިން ބައްދަލުކުރައްވައި ހާލުއަހުވާލު އޮޅުންފިލުއްވާފަ އެވެ.
މި ޒިޔާރަތަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައި، ގައިދީންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބު: ސްކޫލްގެ ތަކެއްޗަށް ގެއްލުންދީފި
އަނގަ ފާރުވުމަކީ ހީކުރާ ވަރުގެ އާދައިގެ ކަމަކަށް ނުވެދާނެ!
ސްވިޓްޒަލެންޑް ބަލިކޮށް އާޖެންޓީނާ ކުރިޔަށް