ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކާމިލު ދީދީ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައިފި އެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވިގޮތުގައި، ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައި، ގެއްލުން ލިބުނު ތަންތަން މަރާމާތުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު ވަނީ ވާހަކަދެކެވިފަ އެވެ. މިގޮތުން، ސްކޫލުގެ ފަރާތުން މިހާރު ދަނީ ލިބުނު ގެއްލުންތަކުގެ ރިޕޯޓެއް ތައްޔާރުކުރަމުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަމަނުޖެހުމާއި ލިބުނު ގެއްލުންތައްމި މަހުގެ 11 ވަނަ ދުވަހު ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި އެ ސްކޫލުގައި ހިނގި ހަމަނުޖެހުމުގައި، ސްކޫލުގެ އެއް ދޮރުފަތުގެ ބިއްލޫރިގަނޑަށާއި ސައުންޑް ސިސްޓަމްގެ މިކްސަރުގެ ދެ ބަޓަނަކަށް ވަނީ ގެއްލުންލިބިފަ އެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ޕާޓީގެ އުމުރުން ދުވަސްވީ މެންބަރަކަށް ޕެނިކް އެޓޭކެއް ޖެހި، އިތުރު މެންބަރުންތަކަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.
ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތުކުރާ ގޮތުގައި މި ހަމަނުޖެހުން އުފައްދާފައިވަނީ އެ ޕާޓީގެ މަޖިލިސް މެންބަރަކު ފޮނުވި ބައެކެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ވަނީ އާންމުވެފަ އެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ޕާކިސްތާނުގައި 100 އަށްވުރެ ގިނަ ކުޑަކުދިންނަށް އެއިޑްސް ޖެހިއްޖެ
ސާކާގެ ހެޓްރިކާއެކު ފްރާންސް ބަލިކޮށް އިންގްލެންޑަށް ތިން ވަނަ
ސަނީގެ 3 ފިލްމެއް އަލުން ސިނަމާތަކުގައި އަޅުވަނީ!
