ރައީސް މުހައްމަދު މުއިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އަމްޖަދު މުސްތަފާ މިއަދު އައްޔަން ކުރައްވައިފި އެވެ.
އަމްޖަދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަދި އަމްޖަދަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒު އެވެ.
އަމްޖަދު ވަނީ ޝަރީއާއިން ލޯ އިން ބެޗްލާސް ޑިގްރީއާއި، މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފަ އެވެ. އަދި އަމްޖަދަކީ ގާނޫނީ ދާއިރާއިންނާއި އާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ، އަމްޖަދު ވަނީ، 2020 ވަނަ އަހަރު ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ވެސް ކުރައްވާފައެވެ.
ހަމައެއާއެކު އަމްޖަދަކީ މީގެ ކުރިން ޖުޑިޝަރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ. އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި އޭނާ އޭރު ބަޔާންކުރައްވާފައިވަނީ އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށެވެ.
ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ އާއިލާއިން ދައުވާކޮށްފި
އަންހެނަކާ ގުޅުން ބޭއްވި ވަޒީރަކު އިސްތިއުފާ ދެއްވަން ޖެހިއްޖެ
ބާންހަމް އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި