ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަޝިޕްގެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބުގައި، ވޯޓު ސިއްރު ނުކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.
މި ގޮތަށް ނިންމާފައިވަނީ ޕީއެންސީގެ އިންތިހާބީ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ޕާޓީގެ ނައިބު ލީޑަރުކަމަށް ވާދަކުރައްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް، މި ނިންމުން ނިންމި ބައްދަލުވުމުގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމެއް ސާފެއް ނުވެއެވެ.
މީގެ އިތުރުން މި ކޮމިޓީގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އަބްދުﷲ މުހައްމަދު (ބޯފަން އަބްދުﷲ) ހިމެނިވަޑައިގަންނަވަ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ވެރިކަމެއްގައި ޕާޓީގެ އެންމެ މަތީ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން މިހާރުގެ ރައީސް މުހައްމަދު މުއިއްޒަކީ އެ ޕާޓީގެ ރައީސް އަދި ލީޑަރެވެ. މި އިންތިހާބުގައި މައިގަނޑު ގޮތެއްގައި ހޮވުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ނައިބު ލީޑަރުންނެވެ.
ނައިބު ލީޑަރުގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ސުޖާއު އާއި ސައުދާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަސްމާ ރަޝީދު އާއި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.
މިވަގުތު ޕީއެންސީގެ ނައިބު ލީޑަރުންގެ ގޮތުގައި ތިއްބެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި، ޣައްސާން މައުމޫން އާއި، އަހުމަދު ޝިޔާމް އާއި، މުހައްމަދު ސައީދު އާއި، އިބްރާހިމް ސުޖާއު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި