މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސަރަހައްދަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށާއި، މި ވިއްސާރައިގައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅޭގޮތުން އެންޑީއެމްއޭއިން މިއަދު އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އައްޑޫ ސިޓީ ފޭދޫގެ ނުވަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
އެންޑީއެމްއޭ އިން ބުނީ، ފޭދޫގެ ގެއެއްގައި ދިރިނޫޅެވޭ މިންވަރަށް ފެންބޮޑުވުމާ ގުޅިގެން އެ ގޭގައި ދިރިއުޅޭ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށް، ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެ އަވަށުގެ އިތުރު ތިން ގެއެއްގައި ކައްކައި ކައިބޮއި ހެދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، އެ ގޭގޭގެ މީހުންނަށް ކުރިއަށް އޮތް ތިން ދުވަހަށް ބޭނުންވާ ކެއިންބުއިމުގެ އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދީފަ އެވެ.
ހަމައެއާއެކު، ފުވައްމުލަކުގައި ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެ ސިޓީގެ ކައުންސިލާއި، ފެނަކަ ކޯޕަރޭޝަން އަދި އެހެނިހެން މުއައްސަސާތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ފާއިތުވި ތިން ދުވަހު ވެސް މެދުކެނޑުމެއްނެތި ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ އެކި ރަށްރަށުގެ ގިނަ ގެތަކަކަށް ފެންވަދެފައިވާއިރު، މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފޭދޫގެ ގެތަކަށް ކަން ފާހަގަކޮށްލެވެ އެވެ.
ޖެނިފާ ލޮރެންސް އިންސްޓަގްރާމަށް، ފުރަތަމަ ޕޯސްޓަކީ އިންޒާރެއް؟
މެދުއިރުމަތީގެ މައްސަލާގައި ބްރިކްސްއިން ގުޅިފައިވާ ބަޔާނެއް
ޕްރިންސަސް ޑަޔާނާގެ "ރިވެންޖް ޑްރެސް" ނީލަމުގައި ވިއްކާލަނީ!