އުމުރުން އެންމެ 30 އަހަރުގެ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑް ދުނިޔޭގެ ސިނަމާތަކުގެ ބޮކްސް އޮފީހުގައި ރެކޯޑް އަދަދަކަށް އާމްދަނީ ހޯދައިގެން ހޮލީވުޑްގެ އެންމެ އާމްދަނީ ބޮޑު (ހައި ގްރޮސިންގް) އެކްޓަރުގެ މަޤާމު ހޯދައިފި އެވެ.
މި ކާމިޔާބީއާއެކު އޭނާ ވަނީ މީގެ ކުރިން މި ލިސްޓުގެ އެންމެ ކުރީގައި އުޅުނު ޒޯއީ ސަލްޑާނާ އާއި ސްކާލެޓް ޖޯންސަން ފަހަތަށް ޖައްސާލާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ޓޮމްގެ ފިލްމީ ކެރިއަރުގެ ޖުމްލަ ބޮކްސް އޮފީސް އާމްދަނީ ވަނީ ގާތްގަނޑަކަށް 15.5 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
މި ކާމިޔާބީއަށް ހޮލެންޑަށް ވާސިލުވެވުނީ މިއަހަރު ރިލީޒްކުރި ދެ ފިލްމެއްގެ ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ. އޭގެތެރޭގައި ކްރިސްޓޮފާ ނޯލަންގެ އެޕިކް ފިލްމު "ދަ އޮޑިސީ"އާއި މަޝްހޫރު ސުޕަހީރޯ ރޯލުން އޭނާ ފެނިގެންދިޔަ "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" ހިމެނެ އެވެ.
ހާއްސަކޮށް "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" ފިލްމަށް އެކަނިވެސް 2.4 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ލިބިފައިވެ އެވެ.
ޕްރޮފެޝަނަލް އެކްޓިންގް ކެރިއަރު ފެށިތާ އެންމެ 14 އަހަރުގެ ތެރޭގައި ޓޮމް ހޮލެންޑް މިފަދަ ބޮޑު ޝަރަފެއް ހޯދާފައިވާއިރު، މިއީ އޭނާއަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ.
ވަޅީގެ ހަމަލާއިން އަދިވެސް އަރައިނުގަނެވޭ ކަމަށް ސައިފް ބުނެފި
ޑޮލަރުގެ އަގު ތިރިކުރެވިއްޖެ: ސައީދު
އުމުރުން 41 އަހަރުގައި މަހީރާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!