ހުލޫގެ މަޝްހޫރު ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް"ގެ 8 ވަނަ ސީޒަނުގެ ޓްރެއިލާ ދައްކާލާފައިވާއިރު މި ފަހަރުގެ ސީޒަނުން ބެލުންތެރިންނަށް ވަރަށް އަސަރުގަދަ އަދި އާ ވާހަކަތަކެއް ފެނިގެންދާނެކަމަށް ބެލެވެ އެވެ.
ހާއްސަކޮށް މަޝްހޫރު ތަރި ކިމް ކާޑޭޝިއަންގެ ސިއްހީ ކުއްލި މައްސަލައަކާއި، ކެންޑަލް ޖެނާގެ ލޯބީގެ ގުޅުންތަކުގެ ވާހަކަތައް ޓްރެއިލާއިން ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.
މި ޓްރެއިލާއިން ފެންނަ ގޮތުގައި، ކިމް ކާޑޭޝަން އަށް ވަނީ "އެސޮފެޖައިޓިސް" ކިޔާ ސިއްހީ ހާލަތެއް ޖެހިފަ އެވެ. މިއީ ކާބޯތަކެތި ދަތުރުކުރާ ހޮޅި ދުޅަވުމަށް މެދުވެރިވާ ހާލަތެކެވެ.
ޓްރެއިލާގައި ކިމް ހޮސްޕިޓަލް ގައުނެއްގައި ހުންނަ މަންޒަރާއި، މެޑިކަލް ޕްރޮސީޖަރަކަށް ގެންދާ މަންޒަރު ފެނިގެންދެ އެވެ. އެއާއެކު އޭނާގެ ބައްޕަ ރޮބަޓް ކާޑޭޝަން މަރުވި ބައްޔާ މިކަމާ ގުޅުން ހުރޭތޯ މީހަކު ސުވާލު ކުރުމުން، ކިމް އަށް އަސަރުކޮށް، އޭނާގެ މަންމަ ކްރިސް ޖެނާ ރޮއެގަންނަ މަންޒަރުވެސް މި ވީޑިއޯއިން ފެނިގެންދެ އެވެ. ރޮބަޓް ކާޑޭޝަން މަރުވީ ކާބޯތަކެތި ދަތުރުކުރާ ހޮޅިއަށް ކެންސަރު ޖެހިގެންނެވެ.
ކިމްގެ ސިއްހީ މައްސަލައިގެ އިތުރުން، ޓްރެއިލާއިން ކެންޑަލް ޖެނާގެ ލޯބީގެ ހަޔާތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި، މޮޑެލް ކަރާ ޑެލެވިންއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ވެސް އިޝާރާތްކޮށްފައިވެ އެވެ.
އެއާއެކު އާއިލާގެ އެހެން މެންބަރުންގެ އަމިއްލަ ދިރިއުޅުމާއި ގުޅުންތަކުގައި ހިނގާ ކަންކަންވެސް މި ސީޒަނުން ފެނިގެންދާނެ އެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ޝޯގެ އާ ސީޒަން ވެގެންދާނީ އިހުސާސްތަކުން ފުރިގެންވާ، އަދި އާއިލާގެ އެތައް ސިއްރެއް ހާމަވެގެންދާނެ ސީޒަނަކަށެވެ.
ހަފްތާ ބަންދުގައި އިތުރަށް ނިދާލުމަކީ މައްސަލައެއް ނޫން!
ތާޕްސީގެ "ގަންދާރީ" ނެޓްފްލިކްސް ޗާޓުގެ އެެންމެ ކުރިއަށް!