ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދުން އެ ޕާޓީގެ ރައީސް އަދި ރައީސް މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި 10 ބޭފުޅަކު ޕާޓީގެ ލީޑަޝިޕަށް މިއަދު އައްޔަން ކުރައްވައިފި އެވެ.
މި ބޭފުޅުން ލީޑަޝިޕަށް އައްޔަން ކުރެއްވިކަން ހާމަކުރެއްވީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގެ މިއަދު މެންދުރުފަހުގެ ސެޝަނުގަ އެވެ. އެ ސެޝަނުގައި ވަނީ ކޮންގްރެސްގެ އެކި މަގާމުތަކަށް އިންތިހާބުވި ފަރާތްތަކަށާއި، ރައީސް އައްޔަން ކުރެއްވި 10 ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހިލްމީ ހާމަކުރެއްވި ގޮތުގައި، ރައީސް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ވަޒީރުންގެ ފެންވަރުގެ ހަތް ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު، ހެލްތު މިނިސްޓަރު ގީލާ އަލީ އަދި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނަސީރު، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ތޮލާލް އަދި ގަތަރުގައި ހުންނަވާ ދިވެހި ސަފީރު އާދަމް ޝަރީފް އުމަރު ވެސް ވަނީ އައްޔަން ކުރައްވާފަ އެވެ.
ރައީސް އައްޔަން ކުރެއްވި ތިން ވަޒީރުންގެ އިތުރުން، މެންބަރުންގެ ވޯޓުން ޕާޓީގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝިޔާމް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެކު، މިހާރު ޕީއެންސީގެ ލީޑަޝިޕްގައި ކެބިނެޓުގެ ޖުމްލަ ހަ ވަޒީރަކު ހިމެނިވަޑައިގަންނަވަ އެވެ.
ލީޑަޝިޕަށް ރައީސް އައްޔަން ކުރެއްވި ދެން ތިއްބެވި ތިން ބޭފުޅުންނަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނެވެ. އެއީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް އަދި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
ބަންގްލަދޭޝް މީހުންނަށް ފަސޭހައިން ފައިސާ ފޮނުވޭނެ ގޮތް ހަދަނީ
މީގެ 25000 އަހަރު ކުރިން ވެސް އިންސާނުން ދުފައި އުޅުނު!
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ގޭބަންދަށް