ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރީ އިންޑިއާ އިން އެންގިގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރީ ވަކި ގައުމަކުން އެންގި ގޮތަށް ކަމަށެވެ. އަދި ވަކި ގައުމެއްގެ ސިފައިން ވެސް ރާއްޖޭގައި އޭރު ތިބި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވެރިކަންކުރީ ވަކި ގައުމަކުން އެންގިގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.
އެހެންކަމުން އެމަނިކުފާނު އެ ވިދާޅުވީ އިންޑިއާ އިން އެންގިގޮތަށް މިދިޔަ ސަރުކާރުން ވެރިކަން ކުރި ކަމަށެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އިންޑިއާ އައުޓް ކެމްޕޭންގައި ބައިވެރިވެވަޑައިގަތެވެ. އަދި އިންޑިއާއަށް ވަރަށް ބޮޑަށް އޭރުވެސް ފާޑު ވިދާޅުވި އެވެ.
މިރޭ ވެސް ނުސީދާކޮށް އިންޑިއާއަށް ބަހުގެ ހަމަލާއެއް އަމާޒުކުރެއްވިއިރު، މި ސަރުކާރަށް ވެސް އިންޑިއާއިން އަންނަނީ މާލީގޮތުން އެހީތެރިކަންފޯރުކޮށްދެމުންނެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން މިދިޔަ ސަރުކާރުން ނެގި 150 ޑޮލަރުގެ ލޯނު ދައްކައި ހަލާސްކޮށްފައިވާ ކަމަށް ސަރުކާރުން އިއުލާންކުރި އެވެ. އެކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ބުނީ އެ ލޯނުގެ އިންޓްރެސްޓަށްވާ 45 މިލިއަން ޑޮލަރު އެސްބީއައިއަށް ދައްކައިދިނީ އިންޑިއާ ސަރުކާރުން ކަމަށެވެ. ނަމަވެސް މި ވާހަކަ ފިނޭންސް މިނިސްޓްރީން ވެސް ރައީސް މުއިއްޒު ވެސް އުޅުއްވީ ސިއްރުކޮށްގެންނެވެ.
އެ ލޯނު ނެގުމުން ރައީސް މުއިއްޒު އެމްޑީޕީ ސަރުކާރަށް ފާޑު ވިދާޅުވިއިރު، އެއީ ކޮވިޑްގެ ތެރޭގައި 2019 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓި، ދައުލަތަށް ފަތުރުވެރިކަމުން އެއްވެސް އާމްދަނީއެއް ނުލިބޭ ހަލާތެއް މެދުވެރިވުމުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި އިންޑިއާ އިން ހަމަޖައްސައިދިން ލޯނެކެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލް ވާދަކުރައްވަނީ
އދ. ގެ ބައްދަލުވުމަށް ދިއުމަށް އީރާނުގެ ވެރިންނަށް ވިސާ ދީފި
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ގޭބަންދަށް
