ދަރުމަވަންތަ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި ދެމުންދާ އައިވީއެފް (އިން-ވިޓްރޯ ފާޓިލައިޒޭޝަން) ފަރުވާ މެދުވެރިކޮށް މިހާތަނަށް 27 ކުއްޖަކު ކާމިޔާބުކަމާއެކު އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެށި މި ހިދުމަތުގެ ދަށުން، ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ފަރުވާ ހޯދި ފަރާތްތަކުގެ ތެރެއިން 35 ފަރާތެއްގެ އައިވީއެފް ކާމިޔާބުކުރެވިފައިވާ ކަމަށް ދަރުމަވަންތަ ހޮސްޕިޓަލުން ބުނެ އެވެ. އަދި އެ ސެންޓަރު މެދުވެރިކޮށް ފުރަތަމަ ކުއްޖަކު އުފަންވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ހަމައެއާއެކު މިހާތަނަށް އުފަންވި 27 ކުދިންގެ އިތުރުން، އިތުރު އަށް ފަރާތެއްގެ ޓްރީޓްމަންޓް މިހާރު ވެސް ދަނީ ކުރިއަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ދަރިމައިވުމުގެ އާންމު ފަރުވާގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަރުވާއަށްފަހު ދަރިމައިވެވޭނެ މަގުފަހިކޮށްދިނުމަށް "ފާޓިލިޓީ ޕްރިޒަވޭޝަން" ހިދުމަތް ވެސް އެ ސެންޓަރުން ފޯރުކޮށްދެ އެވެ.
ސަރުކާރުން މިހާރު ދަނީ މި ހިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ވިލިމާލޭގެ ދުވަސްވީ ނިކަގަސް ކެނޑި މައްސަލަ ނުބަލަން: ފުލުހުން
ދިވެހިރާއްޖެ މަތިން "ފޫހި ވެފައިވާ" މީހުންނަށް ހާއްސަ މަންޒިލެއް؟
"އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރީ އިންޑިއާ އިން އެންގިގޮތަށް"