ކޮވިޑް ޖެހިގެން އިތުރު ރޭ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 103 އަރައިފި އެވެ.
އެމްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިޓީގައި ފަރުވާ ދެމުންދިޔަ 79 އަހަރުގެ އަންހެނަކު ރޭ 11:14 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 103 ވަނަ މީހާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ކޮވިޑް-19 ބަލިމަޑުކަމުގައި ރާއްޖެއިން ނިޔާވާ މީހުންގެ ޢަދަދު ފާއިތުވި ދެ ހަފުތާއެއްގައި ވަނީ އިތުރުވެގެން ގޮސްފަ އެވެ. އަދި މިބަލި ޖެހޭ މީހުންގެ އަދަދު ވެސް އިންތިހާއަށް އިތުރުވަމުން އަންނައިރު މިހާރު ވެސް ހޮސްޕިޓަލުގައި 268 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
މި ވަގުތު 16،900 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
މި ބަލީގައި އިއްޔެ އެކަނި ވެސް ފަސް މީހަކު މަރުވި އެވެ.
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!
ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ޝާހިދު މާދަމާ އައްޑުއަށް
