ކުއެންޓިން ޓަރަންޓީނޯގެ މަގުބޫލު ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް"ގެ ކެރެކްޓާއަށް ބިނާކޮށް އުފައްދާ ސީކުއެލް "ދަ ފާދާ މިސް-އެޑްވެންޗާސް އޮފް ކްލިފް ބޫތު"ގެ ފުރަތަމަ އޮފިޝަލް ޓްރެއިލާ ނެޓްފްލިކްސްއިން އާއްމު ކޮށްފި އެވެ.
މި ފިލްމުގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓް ވަނީ އޭނާއަށް އޮސްކާ އެވޯޑު ހޯދައިދިން "ކްލިފް ބޫތު"ގެ ރޯލުން އެނބުރި އައިސްފައެ ވެ. ނަމަވެސް، ފުރަތަމަ ފިލްމުގައި އޭނާއާއެކު ފެނުނު ލިއޮނާޑޯ ޑިކެޕްރިއޯ (ރިކް ޑަލްޓަން) މި ފިލްމުން ނުފެންނާނެ އެވެ.
ޓްރެއިލާގައި ސަމާސާ ރާގަކަށް ކްލިފް ބުނަނީ ރިކް މާ ބޮޑަށް ފަލަވުމުން އޭނާގެ ސްޓަންޓް ޑަބަލްގެ ގޮތުގައި މަސައްކަތް ކުރުން ހުއްޓާލީ ކަމަށެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ކުއެންޓިން ޓަރަންޓީނޯ އެވެ. ނަމަވެސް ފިލްމު ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ފިންޗާ އެވެ.
ފިލްމުގެ ވާހަކަ ހިނގަނީ 1977 ވަނަ އަހަރު އެވެ. މިއީ ފުރަތަމަ ފިލްމުގެ ހާދިސާތަކުގެ 8 އަހަރު ފަހެވެ. ސްޓަންޓްމޭންއެއްގެ ގޮތުގައި ކުރިން އުޅުނު ކްލިފް ބޫތު މިހާރު ފެންނަނީ ހޮލީވުޑްގެ "ސްޓޫޑިއޯ ފިކްސާއެއް" (ސިއްރު މައްސަލަތައް ހައްލުކޮށްދޭ މީހެއް)ގެ ގޮތުގަ އެވެ.
ބްރެޑްގެ އިތުރުން އެލިޒަބެތު ޑެބިކީ، ޔަހްޔާ އަބްދުލް-މަތީން II، ކާރްލާ ގުގީނޯ، ސްކޮޓް ކާން އަދި ޓިމޮތީ އޮލިފަންޓް ފަދަ ތަރިން މި ފިލްމުން ފެންނާނެ އެވެ.
މި ފިލްމު އެކްސްކްލޫސިވްކޮށް އައިމެކްސް ސިނަމާތަކުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25ގަ އެވެ. އޭގެ ފަހުން، 2026 ޑިސެމްބަރު 23 ގައި ނެޓްފްލިކްސް މެދުވެރިކޮށް މުޅި ދުނިޔެއަށް ސްޓްރީމް ކުރަން ފަށާނެ އެވެ.
ޣައްޒާގެ ހުރިހާ ރައްޔިތުން ބޭރުކޮށްލާނެކަމުގެ އިންޒާރު ދީފި
ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
ހެނދުނު ހޭލާއިރު އަތް އައްސި ވެފައި ހުންނަނީ ކީއްވެ؟