ކޮވިޑް ބަލީގައި މިއަދުގެ ދެ ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުން ދިޔަ އުމުރުން 73 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވީ މިއަދުގެ 12:10 އެހާކަށްހާއިރު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން މަރުވި 104 ވަނަ މީހާ އެވެ.

ކޮވިޑް-19 ބަލިމަޑުކަމުގައި ރާއްޖެއިން ނިޔާވާ މީހުންގެ އަދަދު ފާއިތުވި ދެ ހަފުތާއެއްގައި ވަނީ އިތުރުވެގެން ގޮސްފަ އެވެ. އަދި މިބަލި ޖެހޭ މީހުންގެ އަދަދު ވެސް އިންތިހާއަށް އިތުރުވަމުން އަންނައިރު މިހާރު ވެސް ހޮސްޕިޓަލުގައި 268 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

މި ވަގުތު 16،900 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

މި ބަލީގައި އިއްޔެ އެކަނި ވެސް ފަސް މީހަކު މަރުވި އެވެ.