ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކޮށްފި އެވެ.
އެ މީހާ ސަލާމަތްކޮށްފައި ވަނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެގެންނެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 00:44ގައި ލިބުމާއެކު، ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ހާބަ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު، އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
އީރާނާއި އެމެރިކާގެ ސުލްހައިގެ މަޝްވަރާތަކަށް އަލިމަގެއް ނުފެނުނު
ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަނީ
