ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެންމެ ބޮޑު އުނދަގުލެއް ވަނީ ދިވެހި ރައްޔިތުން އާބާދުކުރަން އޮތް ބިމެއް ޔަހޫދީންގެ އަތްމައްޗަށް ދޫކޮށްލާތީ ކަމަށެވެ. އަދި ޔަހޫދީންނާއި ދިވެހިން އެކީގައި ދިރިއުޅޭގޮތް ހަދަން އުޅޭތީ އެކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި މަޝްރޫއު ހިންގުމަށް ގެނެސްފައިވާ ކުންފުންޏަކީ ނޭދެވޭ ވިޔާނުދާ ކަންތައްތަކެއް ކުރުމަށް އުފައްދާފައިވާ ތަނެއް ކަމަށެވެ. އަދި މިއީ އަވަސް އަރުވާލައިގެން، ޔަހޫދީންނަށް ފައިސާ ނަގައިދިނުމަށާއި ބޭނުންވާ މިންވަރަށް ފައިސާ ދިނުމަށްޓަކައި ރާއްޖެ ވިއްކާލުން ފަދަ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ބަންޑާރަނައިބު ދައްކާ ވާހަކައިން އެބަ އެނގޭ މިކަމާބެހޭ ގާނޫނުތައް ވެސް އަލުން ހަދަންޖެހެނީ. އެހެންވީމަ މިކަމުންވެސް އެނބަ އެނގޭ މީ ބަލަންވާވަރަށް ނުބަލާ އަވަސް އަރުވާލައިގެން ކޮށްފައޮތް ކަމެއްކަން. އަވަސް އަރުވާލައިގެން ޔަހޫދީންނަށް މިތަން ދީފަ މިއޮތީ، ލާރި ނަގަންވާ ބަޔަކަށް ލާރި ދީފަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ބަންޑާރަނައިބު އަހުމަދު އުޝާމަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މައްސަލައަކަށް ވެގެން މިއުޅެނީ ރަސްމާލެ 99 އަހަރަށް ކުއްޔަށް ދިނުން ނޫން ކަމަށެވެ. ނަމަވެސް، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އުޝާމް އަދި ސަރުކާރުގެ އިސްވެރިން ގުޅިގެން މި ގައުމަށް ޔަހޫދީން ގެންނަން އުޅޭތީ ކަމަށާއި، އެކަމަށް ސަރުކާރަށް ޖަވާބުދާރީ ނުވެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރަސްމާލެއަކީ ރަނގަޅު މަޝްރޫއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ބުނެ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ވެސް އެމަނިކުފާނު ރައްދު ދެއްވި އެވެ. އެގޮތުން، ރަސްމާލެ ހިއްކަން ނިންމެވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި، އެއީ އޭރުގެ އިގްތިސާދީ ދުވެލީގެ ބާރުމިން އެ ގޮތުގައި ހިފެހެއްޓިއްޖެނަމަ އަދި ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ކުރިއަށް ގެންދަން ނިންމެވި ކަމެއް ކަމަށް ވިދާޅުވި އެވެ. އޭގެ ބޭނުމަކީ 2030 ގެ ކުރިން ޒުވާނުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުން ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ.
"މިހާރު ރަސްމާލެ ހިއްކުމަކީ ބޭކާރު ހަރަދެކޭ ބުނާ ސަބަބަކީ މިހާރު ދައުލަތުގެ ދަރަނި އޮތްވަރު ބޮޑުންނަށް އެނގޭބާ؟ މިވީ 3 އަހަރު ދައުލަތުގެ ދަރަންޏަކީ 160 ހާސް މިލިއަން ދިވެހި ރުފިޔާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގައި މިހާ ބޮޑު ދަރަންޏެއް އޮއްވައި އިތުރަށް ލޯނު ނަގައިގެން މި ދަނޑިވަޅުގައި ރަސްމާލެ ހިއްކުމަކީ ބޭކާރު އަދި ގެއްލުން ބޮޑު ހަރަދެއް ކަމަށެވެ.
"ކޭ3ޖީ" ބައްލަވަން ޕްރިންސް ވިލިއަމްގެ ވައުދު ފުޅެއް!
ކެންސަރު ފަރުވާގެ ނަތީޖާ އިންސާނާގެ މޫނުން ދެނެގަނެވިދާނެ؟
މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެ، ސިފައިން ނުކުމެއްޖެ
ރަސްމާލެ ޕްރޮޖެކްޓްގެ ލިޔެކިޔުންތައް ހާމަކުރަން އެދިއްޖެ
އުޝާމް ޔާމީނަށް: "ރަސްމާލެ މަޝްރޫއު ގާނޫނާ ހިލާފެއް ނުވާނެ"
ރާސްމާލޭގެ ބިންތައް ދިނުމުގެ ކުރިން ވޯޓެއް ނަގަންޖެހޭ: ޔަމީން
ރަސްމާލެ ޔަހޫދީން ވަޒަން ވެރި ކުރަން ދިން އެއްބަސްވުން ބާތިލް ކޮށް ހަދާ މާލެ ސަރަހައްދުގެ ވިޔާފާރިވެރިންނަށް ތިޔާ 500 ހެކްޓަރުގެ ބިން ވިއްކަން އިއުލާން ކުރާށޭ ހެކްޓަރެއް ވިއްކާނީ 10 މިލިއަން ޑޮލަރަށް ޑޮލަރުން ފައިސާ ސަރުކާރަށް ދައްކަން ޖެހޭނީ އެއިރަށް ރާއްޖެ އަށް މާބޮޑަށް ރަނގަޅުވާނެއޭ ރާއްޖޭގެ ޓޫރިޒަމް ވެސް ފަށާ ކުރިއަރުވަނީ ދިވެހިންނޭ މިސާލު އެފެންނަނީ ރީތި ރަށް ރިސޯރޓް އެމެން އެންމެ ރިސޯރޓެއް ހަދާ އިތުރަށް ރިސޯރޓެއް ނަހަދަނީ ކިއެއްވެތޭ ސަބަބަކީ އެމެންނަށް އެކަން ކުރަން ނޭގެނީއޭ ރަސްމާލެ
ރައީސް ޔާމީން ނޫނިއްޔާ ނެތޭ ގައުމުގެ މިނިވަން ކަމާއި ގައުމީ ކަންކަމުގައި ދެގޮތް ނުވާ ވެރިއަކު މުއިއްޒު ބުނި އެންމެ އިންޗި އެއްވެސް ދުލެއް ނުކުރާނަމޭ ބުނެ އެކަލޭގެ ކުރި ކަމަކީ އޭނާ ރިޔާސީ އިންތިޚާބަށް ބޭނުންވާ ބަޖެޓް ކަމަށްވާ 2 ބިލިއަން ޑޮލަރު ހޯދަން ރަސްމާލޭން ޔޫއޭއީގެ ވަގު ކަރުދާސް ކުންފުންނެއްގެ އަތުން އޭނާ މިނިސްޓަރުންނަށް ގެންގުޅޭ ބޯއި އެއް މެދުވެރިކޮށް 2 ބިލިއަން ޑޮލަރު ދަމައިގަނެ ރަސްމާލޭން 500 ހެކްޓަރުގެ ބިން ހިލޭ ދިނީ އީގަލްސް ހިލްސް އަށް އެފައިސާ ޖަމާކުރަން މުއިއްޒު ސިންގަޕޯރ އަށް ދިޔާ
ރަސްމާލެ އެއްބަސްވުމަށް އެމްޑީޕީ ސަރުކާރުން ޖާގަދީގެން ނުވާނެ ކަމަށް ރައީސް އިބޫ ވިދާޅުވާނަމަ އިބޫ އަށް ތާއީދު ކުރާ ހުރިހާ މެމްބަރުން ޖެހޭނެއޭ ރަސްމާލެ ހިލޭ ޔޫއޭއީ ކުންފުންނަކަށް ދީގެން އުޅޭ މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ނަގައިގެން ބަލާށޭ ރިޔާސީ އިންތިޚާބުގެ ޕީއެންސީ ގެ ކެމްޕެއިނަށް ފައިސާ ހޯދަން ނުޖެހޭނެއޭ ރަސްމާލޭން 500 ހެކްޓަރުގެ ބިން 2 ބިލިއަން ޑޮލަރުގެ ކަޓެއް ޖައްސާ ހިލޭ ދޭން މިގޮތަށް މިކަން ފަށައިފިނަމަ ރާއްޖެވިއްކާ ހުސްކުރާނެ ހުސްކުރާނެއޭ މިކަން ދަންނާށޭ ދަންނާށޭ ދަންނާށޭ...
މިސަރުކާރުގެ ކްރެޑިޓް ރޭޓިންގް އިންތިހާ އަށް މަތިވާނެއޭ މާލެ ސަރަަހައްދުގައި ބޮޑެތި މަޝްރޫއު ހިންގައިގެން މިސަރުކާރުގެ ކްރެޑިޓް ރޭޓިިން %70 ގައި ހުރެފައި ރަސްމާލެ ބިން ތައް ހިލޭ ޔޫއޭއީ ފަދަ އިޒްރޭލަށް ވާގިވެރިވާ އަދި އިޒްރޭލުގައި އިންވެސްޓް ކޮށްގެން އުޅޭ އީގަލްސް ހިލްސް އަށް ރަސްމާލޭން 500 ހެކްޓަރު ބިން ހިލޭ ދިން ދުވަހުން ފެށިގެން ހަފްތާއެއްގެ ތެރޭގައި އެރޭޓިންގް ވަނީ %40 އަށް ދަށްވެފައޭ ކެމްޕެއިނަށް ފައިސާ ހޯދަން މީ ކުރާ ޒާތުގެ ކަންކަމެއް ނޫނޭ އަވަހަށް ރަސްމާލޭ ބިންތައް ހިލޭ ދިން އެއްބަސްވުން