މެލޭޝިއާގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވި އުމުރުން 21 އަހަރުގެ ދިވެހި އަންހެން ދަރިވަރުގެ ކަށުނަމާދު މިއަދު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
އިމީލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުމަޣްރިބު ނަމާދަށް ފަހު، މެލޭޝިއާގެ މަސްޖިދު އަލްއިރުޝާދު ސުބަންގް ޖަޔާ ސެލެންގާގައެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން މި ކަށުނަމާދުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އާއިލާގެ ފަރާތުން ވަނީ ވަރަށް ބޮޑަށް އެދިފަ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. އޭނާ މަރުވީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގަ އެވެ.
ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:48 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓު ހިނގީ ނިއު ބަންޑީ އެކްސްޕްރެސްވޭގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ.
މައްސަލަ ތަހުގީގުކުރާ ފުލުހުން ހާމަކުރި ގޮތުގައި އެކްސިޑެންޓް ހިނގީ މީހަކު ދުއްވި ޕްރޮޓޯން އެސްސީވަން މަރުކާގެ ކާރު އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް، މީހެއްގެ ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް ޕްރޮޓޯން ކާރުގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހުމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރު ތަހުގީގުތައް ހިންގަމުންނެވެ.
ރަހައެއް ނޫން، މިއޮތީ ޗޮކުލެޓް ކާހިތްވާ އަސްލު ސަބަބު!
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލެއް ހުށަހަޅައިފި
