ބޮލީވުޑްގެ މަގުބޫލު ދެ ތަރިން ކަމަށްވާ ޝާހްރުކް ހާން އާއި ކަރީނާ ކަޕޫރު 15 އަހަރުގެ ދިގު މުއްދަތަކަށްފަހު އެކީގައި ސްކްރީނަކުން ފެނުމަށް ތައްޔާރުވެއްޖެ އެވެ.
އެގޮތުން މި ދެ ތަރިން އެކީގައި ފެނިގެންދާނީ މިއަހަރު ނުކުންނާނެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ޝާހްރުކް ޚާންގެ "ކިންގް" އިންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި ކަރީނާ ކަޕޫރު މި ފިލްމުގައި ފެނިގެންދާނީ ހާއްސަ ފެނިލުމަކުންނެވެ. އެއީ ޝާހްރުކް ހާންއާއެކު ކުޅޭ "ޑެޑީ ކޫލް" ނަމަކަށް ކިޔާ ހާއްސަ ލަވައަކުންނެވެ.
ޕިންކްވިލާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ލަވައިގެ ޝޫޓިން ކުރިއަށްދާނީ ސައުތު އެފްރިކާގައި، މި މަހުގެ ފަހުކޮޅު ފަސް ދުވަހުގެ ޝެޑިއުލަކުންނެވެ.
ޝާހްރުކް އާއި ކަރީނާ އެންމެ ފުރަތަމަ އެކީގައި ފެނުނީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފިލްމު ކަމަށްވާ "ކަބީ ޚުޝީ ކަބީ ގަމް" އިންނެވެ.
އޭގެފަހުން 2011 ވަނަ އަހަރު ނުކުތް ސައިންސް-ފިކްޝަން ފިލްމު "ރާ.ވަން" އަކީ މި ދެ ތަރިން އެކީގައި ބޮޑު ރޯލަކުން ފެނުނު އެންމެ ފަހު ފިލްމެވެ. އެހެންކަމުން "ކިންގް" ވެގެންދާނީ 15 އަހަރަށްފަހު މި ދެ ތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.
ސިދްހާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމަކީ ވަރުގަދަ އެކްޝަން ފިލްމެކެވެ. މި ފިލްމުގެ ކާސްޓްގައި ޝާހްރުކް ހާންގެ އިތުރުން ސުހާނާ ހާން، ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، ޖެކީ ޝްރޯފް، ރާނީ މުކަރުޖީ، ޖައިދީޕް އަހްލާވަތު، އަރުޝަދު ވަރްސީ އަދި ރާގަވް ޖުޔާލް ހިމެނެ އެވެ.
ގޯރީ ހާން އާއި ސިދްހާތު އާނަންދު އަދި މަމްތާ އާނަންދު ޕްރޮޑިއުސްކުރާ މި ފިލްމުގެ މިއުޒިކް ތައްޔާރު ކުރަނީ ސަޗިން-ޖިގަރުގެ އިތުރުން އަނިރުދް ރަވިޗަންދަރެވެ.
ސިނަމާތަކަށް މި ފިލްމު އަންނަން ތާވަލު ކުރެވިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ސައުދީގެ އެއާޕޯޓަށް ދިން ހަމަލާގައި ތިން މީހުން މަރުވެއްޖެ
ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި
"ތޫ ހެ މޭރީ ކިރަން" ޓްރެއިލާ: ސޮނާކްޝީއާއި ޒަހީރުގެ އަނދިރި ލޯބި!