މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގައި ހިނގި އެކްސިޓެންޑްގައި ހާނިކަވި ދެ މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މި އެކްސިޑެންޓްގައި 5 މީހުންނަށް ވަނީ އެކިވަރުގެ ހާނިކަވެފަ އެވެ. އެ 5 މީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން 3 މީހަކަށް ފަރުވާ ދެމުންދަނީ ވޯޑުގަ އެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:55 ހާއިރު އެވެ. އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ދެ ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި 5 މީހުންނަށް ހާނިކަވިއިރު އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލެއްގައި ދަތުރުކުރި 3 މީހުންނާއި އަނެއް ސައިކަލުގައި ތިބި ދެ މީހުންނެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެއް ކަމަށާއި އެ ސައިކަލަށް 3 މީހުން އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އެ ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓްގައި އަނެއް ސައިކަލްގައި ތިބީ އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެ ދެދަރިން ކަމަށް ވެ އެވެ. އެ ދެ މީހުންގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެ ދެ މީހުންނަަށެވެ. އޭގެ ތެރެއިން އެކަކުގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.
އީރާނަށް ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ގެއްލިއްޖެ: ރޫބިއޯ
ޗާގޯސް އާކިޕެލަގޯއަށް ބިންހެލުމެއް އަތުވެއްޖެ
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން: ފައިސަލް