ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމައި، މި މަހުގެ 29 ވާ އާދީއްތަ ދުވަހު ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
މި މައްސަލއިގައި ހިމެނޭ ދެފަރާތުން ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުންތަކުގެ ތެރެއިން، ދައުލަތުގެ ފަރާތުން އިއްޔެ ބަޔާން އިއްވާފައިވާއިރު، މިއަދު އޮތް އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދިފާއީ ވަކީލުންގެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމެވެ.
ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ނިމުމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އިއުލާން ކުރެއްވީ ހުކުމް ކުރުމުގެ މަޖިލިސް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި އޮންނާނެ ކަމަށެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. މި މައްސަލައިގައި ފުރަތަމަ ހަ ފަރާތެއްގެ މައްޗަށް ތުހުމަތުކޮށް ދައުވާ އުފުލި ނަމަވެސް، މިހާރު ޝަރީއަތް ކުރިއަށްދަނީ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށެވެ.
މި މައްސަލައިގައި ހިމެނޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމާއި މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި ދައުވާތައް ދަށު ކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމަވާފަ އެވެ. މީގެއިތުރުން، ރަށް ކުއްޔަށް ނެގި ކްލެސިކް ހޯލްޑިންގްސްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެ ރަށުގެ ހިއްސާ އެހެން ކުންފުންޏަކަށް ބަދަލުކުރިއިރު ވެސް ރަށް އަތުލުމުގެ އެއްވެސް މަރުހަލާއެއް ކުރިއަކަށް ނުދެ އެވެ.
އާރްޑީސީން 11 މިލިއަން ދައްކަން ހުކުމެއް
ހޫތީންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް ދީފި
އަމީތާބުގެ އަމަލުތައް ހުރި ގޮތުން އޭނާއަށް ފާޑު ކިޔަނީ!