ބޮލީވުޑްގެ ޒުވާން ތަރި އަނީތު ޕައްޑާގެ އުފަން ދުވަހުގެ މުނާސަބަތުގައި އޭނާއާއެކު ފިލްމު "ސައްޔާރާ"އިން ފެނިގެންދިޔަ ކޯ-ސްޓާރު އަދި ގާތް އެކުވެރިޔާ އާހާން ޕާންޑޭ ހާއްސަ މެސަޖެއް އާއްމުކޮށްފި އެވެ.
މީގެ ކުރިން ފެނިފައިނުވާ ފޮޓޯތަކެއް ހިމެނޭ މި ޕޯސްޓާއެކު ދެ ތަރިންގެ ލޯބީގެ ގުޅުމާ މެދު ސަޕޯޓަރުންގެ މެދުގައި އަނެއްކާވެސް ބޮޑެތި ވާހަކަތަކެއް ވަނީ ދެކެވެން ފަށާފަ އެވެ.
އަނީތުގެ އުފަންދުވަހާ ގުޅިގެން އާހާން ކުރި އިންސްޓަގްރާމް ޕޯސްޓުގައި، އެ ދެމީހުން އެކުގައި ދަތުރުތަކުގައި އުޅުނުއިރު ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކޮށްފައިވެ އެވެ.
ވަރަށް ލޯބި، އަދި ޝާއިރީ ގޮތަކަށް ލިޔެފައިވާ މި ޕޯސްޓުގެ ކެޕްޝަންގައި އާހާން ބުނެފައިވަނީ، އަނީތުއަކީ ކާއިނާތަށް ލިބުނު އަގުހުރި ހަދިޔާއެއް ކަމަށާއި އޭނާގެ އަތުގެ ޖާދޫއިން ކޮންމެ އެއްޗެއް ވެސް ރޯޝަން ކުރުވާ ކަމަށެވެ.
މި ޕޯސްޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ އޭގެ ފަހަތުގައި ހިމަނާފައިވާ މަޝްހޫރު ތަމަޅަ ލަވަ "މުދަލް ނީ މުދިވުމް ނީ"ގެ ރީތި ރާގެވެ.
މި ލަވައިގެ ކަޑިތަކާ ގުޅުވައިގެން އާހާން ދައްކާފައިވާ ލޯތްބާއި ގާތްކަމުގެ ސަބަބުން، ސަޕޯޓަރުން ވަނީ މިއީ އެދެމީހުންގެ ލޯބީގެ ގުޅުން ހާމަ ކުރުން ކަމަށް ބުނެ ކޮމެންޓު ކޮށްފަ އެވެ.
ކުރިން ދިން އިންޓަވިއުތަކުގައި އަހާން ބުނެފައިވަނީ އަނީތުއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި، ދެމީހުންގެ މެދުގައި އޮންނަނީ ވަރުގަދަ އެކުވެރިކަމެއް ކަމަށެވެ. ނަމަވެސް މިފަހަރުގެ މި ޕޯސްޓާއެކު، ސަޕޯޓަރުން ތިބީ މިއީ ހަގީގީ ލޯބީގެ ގުޅުމެއް ކަމަށް ގަބޫލު ކޮށްގެންނެވެ.
މި ދެ ތަރިން ވަނީ ކުރިއަށް އޮތް ތަނުގައި މަޝްހޫރު ޑައިރެކްޓަރު މޮހިތު ސޫރީގެ އާ ލޯބީގެ ފިލްމަކުން އަލުން އެކުގައި ފެނިގެންދާނެކަން އިއުލާން ކޮށްފަ އެވެ.
"ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދެނީ އޮޅުވާލައިގެން"
އިސްލާމީ މަރުކަޒުގެ އިސް އިމާމު އީރާނާ ދެކޮޅަށް ފަތުވާއެއް ނެރެފި