ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފެނަކައިގެ އިސް ވެރިޔަކަށް ހަމަޖެއްސި ތިންވަނަ އެމްޑީ، އަފީފް މަގާމުން ވަކިކުރި ނަމަވެސް، އެ ނިންމުން ނިންމި ސީދާ ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އަފީފް ފެނަކައާ ހަވާލުވެވަޑައިގަތީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވުމަށް ފަހު އެވެ. އަފީފްގެ ކުރިން އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު މަގާމުން ވަކިކުރީ މި އަހަރު ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާ ގުޅިގެން ގެނައި ބަދަލުތަކުގެ ތެރޭގަ އެވެ.
އަފީފް މަގާމުން މި ވަކިކުރީ ފެނަކަ އުވާލުމުގެ މަރުހަލާތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ސަރުކާރުން ފަށާފައިވީ ނަމަވެސް، އެ މަސައްކަތް އަދި އެއްކޮށް ނިމުމަކަށް އައިސްފައެއް ނުވެ އެވެ.
މީގެއިތުރުން، ފެނަކަ އުވާލުމަށް ނިންމުމުގެ ކުރިން އެ ކުންފުނިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވާއިރު، އެގޮތަށް ވަކިކުރި މުވައްޒަފުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ގިނަކަން އެ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ.
ރަހީނުކޮށްގެން ފައިސާ ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް
ތިން މީހުންނާއެކު ސައިކަލް ދުއްވުން: އެކަކު ހައްޔަރުކޮށްފި
ގަވައިދާ ހިލާފުވާ އުޅަނދުތައް ޓްރެކްކޮށް، މެސެޖް ފޮނުވަނީ