ރާއްޖޭގެ އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުހައްމަދު ލަތީފް، އީރާނާ ދެކޮޅަށް ވަރުގަދަ ފަތުވާއެއް ނެރުއްވައިފި އެވެ.
އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އީރާނުން ބޭނުންވަނީ ދެ ހަރަމްފުޅާއި މުސްލިމުންގެ މުގައްދަސް ބިނާތަކުގެ މައްޗަށް ބާރު ފޯރުވައި އެ ތަންތަން އެމީހުންގެ ދަށަށް ގެނައުމަށެވެ. އަދި އެމީހުންގެ ނުފޫޒު ފުޅާކުރުމަށްޓަކައި، ފުރަތަމަ އިރާގުން ފެށިގެން ސީރިއާ އަދި ލުބުނާނުގެ މައްޗަށް ވެރިވެގަނެ، ސުންނީ މުސްލިމުން މަރައި ނިކަމެތިކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޔަމަނުގެ އަސްލު ރައީސް އަލީ އަބުދުއްﷲ ސޯލިހު މަރައިލުމަށްފަހު ޔަމަނުގެ މައްޗަށް އަތްގަދަކޮށް، ސުންނީ މުސްލިމުން މަރައި ރަށްތައް ފަޅުކޮށްފައިވާ ކަމަށެވެ. އެއާއެކު އީރާނުން ބޭނުންވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މުޅި ގަލްފު ސަރަހައްދަށް ވެރިވެ، އެމީހުންގެ ބާރު ފޯރުވުމަށް ކަމަށްވެސް ޝައިޚް ވިދާޅުވި އެވެ.
އަބްދުލްމަލިކު އަލް-ޙޫޘީއަކީ އަރަބި ކަރައާއި، ބާބުލް މަންދަބާއި ރަތްކަނޑުގެ ވެރިޔާކަމަށް އީރާނުން ބުނަމުންދާ ކަމަށް ޝައިޚް މުހައްމަދު ލަތީފް ވިދާޅުވި އެވެ. މީގެއިން ދޭހަވަނީ އޭނާ މެދުވެރިކޮށް ދެ ހަރަމްފުޅާ ދިމާލަށް ފިޔަވަޅު އެޅުމަށް އެމީހުން ގަސްދުކުރާ ކަން ކަމަށާއި، މިކަން އެކި މީޑިއާތަކާއި ޓީވީ ޗެނަލްތައް މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި ބުނަމުންދާ ކަމަށްވެސް އިމާމު ވިދާޅުވި އެވެ.
އީރާނުގެ ހަގީގީ އަމާޒަކީ ޔަމަން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމީހުންގެ މައިގަނޑު މަގުސަދަކީ މައްކާއާއި މަދީނާ ކަމަށް ޝައިޚް ވިދާޅުވި އެވެ. އެހެންކަމުން ޝީއީންގެ ދިފާއުގައި ބަސްބުނުމުގެ ކުރިން، އެމީހުންނަކީ ކޮބައިކަމާއި އެމީހުންގެ ހަގީގަތަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވިލާ ސިމެންތި: 26 އަހަރުގެ އިތުބާރާއި މަތީ ކޮލިޓީގެ ކާމިޔާބީ
ރާއްޖޭގައި އެއްޖިންސުން ކައިވެނިކުރި ވީޑިއޯއަށް ފާޑުކިޔުން
ވިޔަފާރި ފެށުމަށް ދޫކުރާ ލޯނުގެ އަދަދު އިތުރުކޮށްފި

މިއަދު ސުންނީންނަށް ތުރެ ހާސްބައި ޝިއީން ރަންގަޅު ކަން ހުރިހާ ދިމާލަކުން ހުރީ ފެންނާށެވެ، އޮޅުވާލަން އަނިޔާވެރި ވެރިންގެ ދިފާއުގަ ވާހަކަފުޅު ދެއްކުމުގެ ކުރިން ﷲ ޠައާލާއަށް މަނިކުފާނު ބިރުވެތިވުން ހެޔޮކަން ބޮޑުވެގެން ވާނެއެވެ!