ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި އާންމުންނަށް ތަކުރާރުކޮށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި ފިޔަވަޅު އަޅައިދިނުމަށް އެދި، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެންމެ ފަހުން ނިންމާލައިފި އެވެ.
ސައީދު މި ހަޅުތާލު ހުއްޓާލާފައި ވަނީ، އެ މައްސަލަތައް އަލުން ބަލައި ގާނޫނީ ފިޔަވަޅު އަޅައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދިނުމާ ގުޅިގެންނެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އަހުމަދު ފައިރިޝް ނަމަކަށް ކިޔާ މީހެއްގެ ފަރާތުން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ދުއްތުރާތަކެއް ކުރިމަތިވަމުންދާތީ، އެންމެ ފުރަތަމަ ސައީދު އިހުތިޖާޖު ކުރަން ފެށީ ހެންވޭރު ޕޮލިސް ސްޓޭޝަންގެ އެތެރޭގަ އެވެ. ނަމަވެސް އެތަނުގައި 14 ގަޑިއިރު ހޭދަކުރުމަށްފަހު، ހަޅުތާލު ކުރިއަށްގެންދިޔައީ ފުލުހުންގެ އިދާރާ ކައިރީ މަޖީދީމަގުގަ އެވެ.
ހަޅުތާލު ނިންމާލުމަށްފަހު ސައީދު ވިދާޅުވީ، އިހުތިޖާޖު ނިންމާލީ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ސީދާ ގުޅުއްވައި، އެ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވުމުން ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ފުލުހުންގެ އިދާރާގައި ރަޖިސްޓްރީކޮށް ބަންދުކޮށްފައި ހުރި ގިނަ މައްސަލަތަކެއް، މިނިސްޓަރުގެ އެންގެވުމަށް އަލުން ހުޅުވައިގެން ބައްލަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މީގެކުރިން ހުށަހެޅި، ރަސްމީކޮށް ލޮގް ނުކުރެވި ހުރި މައްސަލަތައް އަލުން ލޮގްކުރުމުގެ ފުރުސަތުވެސް ވަޒީރުގެ އިރުޝާދާއެކު ވަނީ ފަހިކޮށްދެއްވާފަ އެވެ.
މި މައްސަލައިގައި އިންސާފު ހޯދުމަށް ކުރި މަސައްކަތުގައި އެހީތެރިވެދިން މީޑިއާތަކަށާއި، ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީލް ނިޒާރުގެ އިތުރުން އާއިލާއާއި އަވަށްޓެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ސައީދު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.
"ކޮފީ ވިތު ކަރަން"ގައި ސަލްމާންއާއި ކަރީނާގެ "ރީޔޫނިއަން"އެއް!
ރައީސް މުއިއްޒު ފާކިސްތާނަށް، 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ
އާންމު އުނދަގޫ ކުރާ މީހުންގެ މައްސަލައަށް ހައްލު ހޯދަން އެދެފި
އާންމު އުނދަގުލަކަށްވި މީހެއްގެ މައްސަލަ ނުބެލުމުން ހަޅުތާލަކަށް