ފާއިތުވި 24 ގަޑިއިރަކީ އުނދަގޫ އިޙްސާސްތަކެއް ކުރަން ޖެހުނު ވަގުތެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ ފަރާތުން ގެވެށި އަނިޔާއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މިއީ މައްސަލައާ ބެހޭ ގޮތުން މިހާތަނަށް ހިއްސާކުރެއްވި ހަމައެކަނި މައުލޫމާތެވެ. އޭނާ ވަނީ އީސަކުރި އަނިޔާގެ ސަބަބުން ތަހަންމަލްކުރި ހިތްދަތި އިހުސާސްތަކުގެ ކުޑަ މިންވަރެއް މިއަދު ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. އެއާއެކު އަސޫއަށް ގިނަ ބަޔަކު ދަނީ ތައުރީފްކޮށް ވާހަކަދައްކަމުންނެވެ. އަދި އަސޫ އާއި ކުޑަދަރިފުޅަށް ވެސް ގިނަ ބަޔަކު ދަނީ ހަމްދަރުދީ ފާޅުކޮށް އީސަ އަނިޔާވެރިކަން ކުށްވެރިކުރަމުންނެވެ.

އީސާގެ ގެވަށި އަނިޔާ އާ ގުޅިގެން ފުލުހުންނަށް މައްސަލަ ހުށައެޅުމަށް ފަހު މިއަދު ފޭސްބުކުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސޫ ވިދާޅުވެފައިވަނީ ފާއިތުވި 24 ގަޑިއިރަކީ، ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނު ވަގުތެއް ކަމަށެވެ.

"މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދެމައިންގެ ޙާލުވެސް މިހާރު ރަގަނޅު. މި އުނދަގޫ ވަގުތުގައި، ރަހުމަތްތެރިންނާއި، ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، އަޅުގަނޑަށް ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ." އަސޫ ވިދާޅުވި އެވެ.

މި ހާދިސާއަށްފަހު ވެސް އަސޫގެ ފަރާތުން ފެނުނީ ހިތްވަރުގަދަ ކެރުމާ އެވެ. ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އެންމެ އަޑުގަދަ އެއް މެމްބަރާ ދެކޮޅަށް ފުލުހުންނަށް ވަގުތުން ބަޔާންދިނެވެ. އެއާއެކު މީޑިއާއިން އާއްމުންގެ ސަމާލުކަމަށް އެ މައްސަލަ އައިސް އެކަން ވަރަށް ބޮޑަށް ވަނީ ހޫނުވެފަ އެވެ.

https://www.facebook.com/asu.naseem/posts/10157494959031685

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށަފަ އެވެ.

ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމުގެ މުހިއްމު ޒިންމާ އަދާކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މި ފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވާލާފައި ވެ އެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅުނު ބައެކެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލަ އެވެ. އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާ އެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ.

އަސޫ ބަނޑުބޮޑުއިރު އީސަގެ ކެމްޕޭނުގައި ކެނދިކުޅުދޫ ދާއިރާގައި ހަރަކާތްތެރިވަނީ.

ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައަށް ހައްޔަރުކުރުމަށް ބޭނުންވާ ކޯޓު އަމުރު ހޯދުމަށް ފުލުހުން އިދާރާ އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފަ އެވެ.

ފުލުހުންގެ އިދާރާއިން ޕީޖީގައި އީސާ ހައްޔަރުކުރުމުގެ އަމުރަކަށް އެދުނު ނަމަވެސް އެ މައްސަލާގައި ފުލުހުންނާއި ޕީޖީ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަސޫ ބަނޑުބޮޑުއިރު އީސަގެ ކެމްޕޭނުގައި ކެނދިކުޅުދޫ ދާއިރާގައި ހަރަކާތްތެރިވަނީ.

ހިތްހެޔޮ އަސޫ ފެނިގެންދިޔައީ އީސައާ ކައިވެނިކުރުމަށްފަހު ވަރަށް ބޮޑަށް އަޅާލާ އީސަގެ ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނުތަނެވެ. އެގޮތުން 2019 ވަނަ އަހަރުގެ މަޖްލިސް އިންތިހާބުގެ ކެމްޕޭނަށް އަސޫ ނުކުތީ އީސަގެ ދަރިފުޅަށް ބަލިވެ އިނދެ އެ ބޮޑު ބަނޑާއެކު އެވެ.

އަސޫ ބަނޑުބޮޑުއިރު އީސަގެ ކެމްޕޭނުގައި ކެނދިކުޅުދޫ ދާއިރާގައި ހަރަކާތްތެރިވަނީ.

އެ ކެމްޕޭންގައި އަސޫ ލޯންޗުގައި ގަދަ ކަނޑުގައި ދަތުރުކޮށް، އެކި ރަށްރަށުގެ މީހުންނާއެކު ކެމްޕޭން ބައްދަލުވުންތައް ބާއްވައި ހެދި އެވެ. އަސޫ ފެނިގެން ދިޔައީ އެއްވެސް ވަރުބަލިކަމެއް ނެތި އީސަ ގޮނޑިއަށް ހޮވައިދިނުމަށް ބުރަ މަސައްކަތްތަކެއްކުރި ހިތްވަރުގަދަ އަންބެއްގެ ގޮތުގަ އެވެ. ނަމަވެސް އެންމެ ފަހުން ހުރިހާ އާރަކާއި ބާރު ލިބުމުން އީސަ ފެނުނީ އަސޫ އާއި ތުއްތު ދަރިފުޅަށް ބޮޑު އަނިވެރިޔާވެރިއެއްގެ ގޮތުގަ އެވެ.