މޯލްޑިވްސް އެކްސްޕޯގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ މައުރަޒުގެ ނަމުގެ މައްސަލާގައި މޯލްޑިވްސް އެކްސްޕޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެންމެފަހުން ކޯޓަށް ހިނގައްޖެ އެވެ.
ސަރުކާރުން 2025 ވަނަ އަހަރުން ފެށިގެން އުފެއްދުންތެރިކަމުގެ މައުރަޒު ބާއްވަނީ މޯލްޑިވްސް އެކްސްޕޯގެ ނަމުގަ އެވެ. ނަމަވެސް މޯލްޑިވްސް އެކްސްޕޯ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި 2023 ވަނަ އަހަރު އޮތީ ދިވެހި ކުންފުންޏެއް ރަޖިސްޓްރީކޮށްފަ އެވެ.
އެ މައްސަލާގައި އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައިވާ ގޮތުން އުފެއްދުންތެރިކަމުގެ މައުރަޒުގައި އެ ނަން ސަރުކާރުން ބޭނުންކުރާ މައްސަލަ ސަރުކާރާއި އެ އެކްސްޕޯ އިންތިޒާމްކުރާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ސަމާލު ކަމަށް މިދިޔަ އަހަރު ގެނައުމުން, އެ ނަން އިތުރަށް ބޭނުން ނުކުރާނެ ކަމަށް އަނގަބަހުން ބުނެފައިވެ އެވެ. ނަމަވެސް މިއަހަރު ވެސް އެ ނަން ބޭނުންކުރާތީ އެ މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހު އެ ކުންފުނިން ދެވަނަ ފަހަރަށް ސަރުކާރަށް ހުށަހެޅުމުން އެކަމާ މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށް އެ މައްސަލާގައިވެ އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ދެ ހަފުތާގެ މުއްދަތެއް ލިބޭ ގޮތަށް, މޯލްޑިވްސް އެކްސްޕޯގެ ނަން އެހެން ފަރާތަކުން ބޭނުންކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ ކުންފުނިން ސިވިލް ކޯޓުގައި އެދުނެވެ.
އެހެން ނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އަދި އެގޮތަށް ނިންމިއިރު, މޯލްޑިވްސް އެކްސްޕޯ 2026 މިހާރު ވަނީ ނިމިފަ އެވެ.
އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމަކަށް އަލް-ސައީދު
ވިލާ ސިމެންތި: 26 އަހަރުގެ އިތުބާރާއި މަތީ ކޮލިޓީގެ ކާމިޔާބީ
ވިޔަފާރި ފެށުމަށް ދޫކުރާ ލޯނުގެ އަދަދު އިތުރުކޮށްފި