ރާއްޖޭގައި ގެދޮރު ނުވަތަ ޕްރޮޕަޓީއެއް ގަންނަނަމަ، އެ ތަނެއްގެ އަގުގެ ތިން ޕަސެންޓު ލީސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ގޮތަށް "ރިއަލް އެސްޓޭޓް ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބިލުގެ 44 ވަނަ މާއްދާގައިވާ ގޮތުން، މި ގާނޫނުގެ ދަށުން ޕްރޮޕަޓީއެއް ވިއްކުމުން ނުވަތަ އެހެން ފަރާތަކަށް ބަދަލުވުމުން، އެ ޕްރޮޕަޓީއެއްގެ ބާޒާރު އަގުން ނުވަތަ ވިއްކާ އަގުގެ ތެރެއިން މަތީ އަގުގެ ތިން އިންސައްތަ، ލީސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ގަންނަ ފަރާތުން ނުވަތަ ބަދަލުވާ ފަރާތުން ކަމާބެހޭ އޮތޯރިޓީއަށް ދައްކަންޖެހޭނެ އެވެ.
ބިލުގައިވާ މުހިންމު ނުކުތާތައް:
- އަލަށް އުފައްދާ އޮތޯރިޓީ: ބިލު ފާސްވެ ގާނޫނަކަށް ވުމުން، ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރި ރެގިއުލޭޓް ކުރާނީ އަލަށް އުފައްދާ "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ދަށުންނެވެ.
- ރަޖިސްޓްރީ ނުކޮށްދިނުން: 3 ޕަސެންޓުގެ ފީ ނުދައްކައިފިނަމަ އެފަދަ މުއާމަލާތެއް އޮތޯރިޓީގައި ރަޖިސްޓްރީއެއް ނުކޮށްދޭނެ އެވެ. އަދި ރަޖިސްޓްރީ ބާތިލުކުރާ ހާލަތެއްގައި ވެސް މި ފީ އަނބުރާ ނުލިބޭނެ އެވެ.
- ޓެކްސްގެ އިތުރުން ދައްކަންޖެހޭ ފީއެއް: 2020 ވަނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށުމާއެކު ގޯތިގެދޮރު ވިއްކާއިރު ކުރިން ނެގި 15 ޕަސެންޓުގެ ފީ ވަނީ އުވާލައިފަ އެވެ. ނަމަވެސް މި ބިލު ގާނޫނަކަށް ވުމުން ޖީއެސްޓީގެ އިތުރުން ވިއްކާ އަގުގެ 3 ޕަސެންޓުގެ ފީއެއް ދެއްކުން ލާޒިމުވާނެ އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކުރުމުގެ ކަންކަން އަވަސްއަރުވާލައިގެން މަގުފަހިކުރުން ކަމަށް ބުނެ ތުހުމަތުކޮށްފައިވެ އެވެ.
މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން: ބިލް
500،000ރ. އާ ހަމައަށް ބަދަލު ދެވޭ ގޮތަށް އަބުރުގެ ދައުވާ ބިލެއް