ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، ރާއްޖެއިން ޖުމްލަ މަރުވި މީހުންގެ އަދަދު 157 އަށް އަރައިފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އުމުރުން 86 އަހަރުގެ ފިރިހެނަކު ރޭ ފަތިހު 5:35ގައި މަރުވެފައިވާ ކަމަށެވެ. އެއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 157 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.
މިއީ މިބަލީގައި މިމަހު މަރުވި 84 ވަނަ މީހާ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން މީހުން މަރުވާ އަދަދު އިތުރު ވެފައި މިވަނީ މި ބަލީގައި ޕޮޒިޓިވް ވާ އަދަދު ވެސް އިތުރު ވުމާއެކު އެވެ.
ބަކެޓް ލިސްޓަށް އާ މަންޒިލެއް: ޖާދޫއެއް ފަދަ ޕެންގޮންގް ސޯ!
ޖަރުމަނުގެ ސަޕޯޓަރުން މެޗަށް އަންނަ ބަހުގެ ހަރަދު ކުޅުންތެރިނަށް
"ތޭރޭ ނާމް" އަދި "ރަންގީލާ"ގެ ސީކުއަލްއަށް ފެހި ސިގްނަލް ދީފި
