ކިމް ކާޑޭޝަން އާއި ކާންޔޭ ވެސްޓް ވަރިވާން އެދިފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. ދަރިންނަށްޓަކައި ދެ މީހުންގެ މެދުގައިވާ ޚިޔާލު ތަފާތުވުންތައް ހައްލުކުރަން މަސައްކަތް ކުރުމަށް ފަހު ދެ މީހުން ވެސް ގަސްދުކުރީ ވަކިވާށެވެ.
އެއަށްފަހު ކިމްގެ ޚަބަރުތައް މަދުމަދުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދިޔަ ނަމަވެސް ކާންޔޭ ވަނީ އާއްމުންގެ ލޮލަށް ގެއްލިފަ އެވެ.
ދުވަސްގަނޑަކަށް ފަހު ކާންޔޭގެ ވާހަކަ މިވަނީ އަނެއްކާ ވެސް ޚަބަރުގެ ފަލަ ސުރުޚީތަކަށް އަރާފަ އެވެ. ކިމްއާ ވަކިވިތާ ތިންމަސް ފަހުން ރަޝިއާގެ މޮޑެލްއެއް ކަމަށްވާ އައިރީނާ ޝައިކްއާއެކު ކާންޔޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް މިވަނީ އަރާފަ އެވެ.
ރަސްމީކޮށް އެދެ މީހުން ވެސް މިކަމާ ގުޅޭގޮތުން މީޑިއާއަށް ކޮމެންޓެއް ދީފައި ނުވާއިރު ކާންޔޭގެ ކުރީގެ ބައިވެރިޔާ ކިމް ކާޑޭޝަން މި އަޑުތަކާމެދު ކަންބޮޑުނުވާ ކަމަށް އޭނާއާ ގާތް ފަރާތްތަކުން ބުނެ އެވެ.
އެގޮތުން ކިމް ދެކެނީ އެއީ ސަމާލުކަން ހޯދަން ދެކެވޭ ވާހަކަތަކެއް ކަމަށާއި އަދި އެއީ ހަގީގަތަކަށްވި ނަމަވެސް އެކަމުން ކިމްއަށް އަސަރު ނުކުރާނެ ކަމަށް އެ ފަރާތުން ބުންޏެވެ.
ކާންޔޭއާއި އައިރީނާ މީގެ ދިހަ އަހަރު ކުރިން ބައްދަލުވެފައި ވާއިރު، އައިރީނާ ވަނީ ކާންޔޭގެ ލަވައަކުން ވެސް ފެނިގެން ގޮސްފަ އެވެ.
ކާން ބޭނުން ވަރަކަށް ހަމަ ކާން ވީ. ބަލާނެ ކަމެއްނެތް.