ކޮވިޑް ބަލީގައި ހުޅުމާލެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އިތުރު ތިން މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ބަލީގައި މިރޭ 7:40 ހާއިރު 41 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑް ބަލީގައި މަރުވި 185 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހެނދުނު އިތުރު ދެ މީހަކު ވެސް ވަނީ މަރުވެފަ އެވެ.

މިދިޔަ މަހަކީ ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެކެވެ. މިހާރު ވެސް ގިނަ މީހުން މިބަލީގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުކަޔާއި އޭޑީކޭ ހޮސްޕިޓަލުގައި ވެސް ކޮވިޑް ބަލީގައި މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގައި ވެސް ކޮވިޑް ބަލީގައި އަންނަނީ ފަރުވާ ދެމުންނެވެ.