އެސްޓީއޯ އިން ވިއްކާ ރެމްކޯ ސިމެންތި ވަރަށް ބޮޑަށް އަގުހެޔޮކޮށްފި އެވެ.
ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ ކުންފުނިން މީގެ ކުރިން 106 ރުފިޔާ އަށް ވިއްކާ ރެކްމޯ ސިމެންތި މިހާރު ވިއްކަނީ 90 ރުފިޔާ އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެސްޓީއޯއިން ސިމެންތީގެ އަގުކުޑަކުރީ ކޮޗިން ކާގޯ ބޯޓުން މުދާ ގެނައުމަށް ނަގާ ފްރައިޓް ޗާޖު ކުޑަވުމުންނެވެ.
މި ސިމެންތި މިހާރު ކުޅުދުއްފުށި ފިހާރަތަކުންވެސް މި އަގުގައި ވަނީ ވިއްކަން ފަށާފަ އެވެ. އެސްޓީއޯ އިން ބުނީ އަދިވެސް އިތުރު މުދާތައް ކޮޗިން އިން އަންނަ ކާގޯ ފެރީން ގެނެސް ހެޔޮއަގުގައި ވިއްކަން ފަށާނެ ކަމަށެވެ.
އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ބާއްވާ އެ ކާގޯ ބޯޓް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މަހަކު ދެފަަހަރު އެވެ. ކޮޗިން އާއި ކުޅުދުފުއްޓާއި މާލެއާ ދެމެދު ބާއްވާ އެ ކާގޯ ބޯޓު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަހަކު ދެ ފަހަރު އެވެ.
އެ ބޯޓުގައި 20 ފޫޓު، އަށް ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ ކޮޗިން އިން އަންނަ ފެރީން އުފުލޭނެ އެވެ. އެއީ 3،000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ އެވެ.
ކޮޗިން ކާގޯ ބޯޓު ފުރަތަމަ ފަހަރަށް އައީ މި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ބޯޓު އައީ އެސްޓީއޯގެ 500 ޓަނުގެ ސިމެންތި އަދި އެހެނިހެން ބައެއް މުދާ ހިފައިގެންނެވެ.