ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޑރ. ހުސައިން ރަޝީދު ހަސަންއަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފި އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ޑރ. ހުސައިން އައްޔަންކުރުމުގެ ކުރިން ހުންނެވީ އެންވަޔަރުމަންޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ޑރ. ހުސައިން ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމަށް ރުހުންދޭން ފެންނަ ކަމަށް ކޮމެޓީގައި ނެގި ވޯޓުގައި، ފެންނަކަމަށް އަށް މެމްބަރުން ވޯޓު ދެއްވި އެވެ. ޑރ. ހުސެއިންއަށް ރުހުން ދިނުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
މީގެ ކުރިން ކޮމިޓީން ޑރ. ހުސައިން މިނިސްޓަރު ކަމަށް އައްޔަން ކުރުމަށް ރުހުން ދިނުމާމެދު ގޮތެއް ނުނިންމާ އޮތީ މަޑުޖައްސާލާފަ އެވެ. އެއީ ޑރ. ހުސައިންގެ ހިއްސާއެއް ކުންފުންޏެއްގައި އޮތުމުން އޭނާގެ ހުވައާ މެދު ސުވާލު އުފައްދަވައިފައި އެކަމުގައި ގާނޫނީ ލަފައެއް ލިބެންދެނެވެ.
ނަމަވެސް ޑރ. ހުސެއިންގެ ހިއްސާއެއް މިހާރު އެއްވެސް ކުންފުންޏެއްގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ފަހުން ފޮނުވި ސިޓީއެއްގައި ވަނީ ބުނެފަ އެވެ. އަދި ހިއްސާ އޮތުމަކީ މަގާމަށް އައްޔަނުކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ލަފާދެއްވާފަ އެވެ.
ހުރިހާ ކަމެއްގެ ތެރެއަށް ވައްކަމާއި ފަސާދަ